އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިވަން ދުވަހުގެ ޢަޒުމަކަށް ކަނޑައަޅަންވީ ފިކުރީ ހަނގުރާމަ އާ އިޤްޠިޞާދީ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރުމަށް: ޑރ. ޝަހީމް

މިނިވަން ދުވަހުގެ ޢަޒުމަކަށް ކަނޑައަޅަންވީ ފިކުރީ ހަނގުރާމަ އާ އިޤްޠިޞާދީ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރުމަށް: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

"މިނިވަން ދުވަހުގެ ދިވެހިން ޢަޒުމް ކަނޑައަޅަންވީ ރާއްޖޭގެ އެތެރޭގެ ވަހުދަތު ހިފެހެއްތޫމަށާއި އިސްލާމް ދީން ހިމާޔަތް ކުރުމަށާއި ރާއްޖޭގެ އަމިއްލަވަންތަކަމާއި އިސްތިޤްލާލް ނަގަހައްޓައި ދެމެހެއްޓުމަށެވެ. ފިކުރީ ހަނގުރާމަ އާއި އިޤްޠިޞާދީ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރުމަށެވެ."

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު  

މީގެ އިތުރުން ޑރ. ޝަހީމް ވަނީ ރާއްޖޭގެ މިނިވަންކަމުގެ ޤައުމީ ބަޠޮލް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު (ރ.ބ.ކ. ނ.ޣޢ.ޢ.ވ) އަށް ވަރަށް ބޮޑަށް ތަޢްރީފް ކުރައްވައިފައެވެ.  

ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ. "އަޅުގަނޑު އެމަނިކުފާނު ދުށީ އަވަހާރަވެފައިވަނިކޮށް ތީމުގޭގައި އެމަނިކުފާނުގެ މޫނުފުޅު ދެއްކި ދުވަހު އެކަންޏެވެ. ރައީސް އިބްރާހީމް ނާޞިރަކީ އަޅުގަނޑުގެ ވިސްނުން ޙައިރާންކޮށްލި، ހިތްވަރުގަދަ ދުރުވިސްނޭ، ރާއްޖެ ދެކެ ވަރަށް ލޯބިފުޅިވި ޤައުމުގެ އަމިއްލަވަންތަކަން ދެމެހެއްޓެވި ވަޠަނީ ލީޑަރެކެވެ.  

ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ގިނަ ބައަކު ފާހަގަކުރަމުން އަންނަނީ ފިކުރީ ހަނގުރާމަ އާއި އިޤްޠިޞާދީ އަޅުވެތިކަމެވެ.  

މިހާރު ކުރިއަށް ގެންދާ ފިކުރީ ހަނގުރާމައިގެ ޝިކާރައަކަށް ގިނަ އަދަދެއްގެ ޒުވާނުން ވަމުންދާކަމާއި ދިނީ އެއްބައިވަންތަކަން ހިމާޔަތްކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަންވެސް ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް