އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާ އަންހެނެއްގެ ބަނޑުން ދޮޅުކިލޯ ގަހަނާ ފައިސާ ފޮތިތަކެއް ނަގައިފި

އިންޑިއާ އަންހެނެއްގެ ބަނޑުން ދޮޅުކިލޯ ގަހަނާ ފައިސާ ފޮތިތަކެއް ނަގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 36 ސިކުންތު

އިންޑިއާ އަންހެނެއްގެ ބަނޑުން 1.5 ކިލޯ ގަހަނާ އާއި 90 ފައިސާ ފޮތި ނަގައިފިއެވެ. އޮޕަރޭޝަންކުރި ޑޮކްޓަރުން ބުނީ މިތަކެތި ނަގާފައިވަނީ އުމުރުން 26 އަހަރުގެ، ސިކުނޑީގެ މައްސަލަ ހުންނަ އަންހެނެއްގެ ބަނޑުން ކަމަށެވެ.

އޭނާ އޮޕަރޭޝަންކޮށްފައިވަނީ ބުދަ ދުވަހު ވެސްޓް ބެންގޯލްގެ ހޮސްޕިޓަލެއްގައެވެ. ޑޮކްޓަރުން ބުނިގޮތުގައި ގަހަނާގެ ތެރޭގައި ރަނުގެ ގަހަނާ ހުރި ނަމަވެސް ގިނައީ ލޮއިން ހަދާފައިވާ ތަކެއްޗެވެ.

އޭނާގެ މަންމަ ބުނީ ދަރިފުޅު ކައިފައިވާ ފައިސާ ފޮތިތަކަކީ އޭނާގެ ބޭބެގެ ފިހާރައިން ހޯދާފައިވާ ތަކެތި ކަމަށެވެ. "ގެއިން ގަހަނާ ގެއްލޭތާ ދުވަސްކޮޅެއް ވެއްޖެ. ނަމަވެސް ސުވާލުކުރާއިޮރަށް ރޯން ފަށަނީ." ކަމަށްވެސް މަންމަ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް