އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު
ޝީސެލްސް ބަލިކޮށް ބެޑްމިންޓަނުން ބައިނަލްއަޤްވާމީ ފުރަތަމަ ރަން މެޑެލް ރާއްޖޭގެ އައިމިނަތު ނަބީހާ ޢަބްދުއްރައްޒާޤް ހޯދައިފިއެވެ.
މި ފަޚުރުވެރި މަޤާމު އައިމިނަތު ނަބީހާ ހޯދައިދިނީ މޮރިޝަސްގައި މިހާރުކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސީޝެލްސްގެ ކެމިލީ އަލިސެން ސީދާ ދެ ސެޓުން ބަލިކޮށްފައެވެ.
ސީޝެލްސްގެ ޗެމްޕިއަން އަތުން ނަބީހާ މޮޅުވީ 21-14، 21-10 އިންނެވެ.
މޮރިޝަސްގެ ރޯސް ހިލް ބެޑްމިންޓަން ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ސެޓުގައި ނަބީހާ ލީޑު ނެގި ނަމަވެސް ކެމިލީ ވަނީ ކޮންޓްރޯލް ސެޓުގެ ކޮންޓްރޯލު ނަގާފައެވެ. އެކަމަކު ނަބީހާގެ މޮޅު ކުޅުމާއެކު ދެ ކުޅުންތެރިން 9-0 އިން އެއްވަރުވި ހިސާބުން ފެށިގެން ނަބީހާ ނެގި ލީޑާ އެކު އޭނާވަނީ ސެޓު ކާމިޔާބުކޮށްފައެވެ. އަދި ދެ ވަނަ ސެޓު ނަބީހާ ކާމިޔާބުކުރީ އެސެޓުގައި ފުރަތަމަ ނެގި ލީޑާ އެކު އުނދަގޫ ކަމެއް ނެތިއެވެ.
2015 ވަނަ އަހަރުގެ ގޭމްސް ނިމުނު ހިސާބުން ފެށިގެން މި އަހަރުގެ ގޭމްސް އިން ރަން މެޑެއްޔެއް ހޯދުމުގެ މަސައްކަތް ބެޑްމިންޓަން އެސޯސިއޭޝަނުން ފަށާފައިވާ އިރު، ބައިނަލްއަޤްވާމީ ފެންވަރުގައި ގިނަ މުބާރާތްތަކެއް ކުޅުމުގެ ފުރުޞަތު ބެޑްމިންޓަން ކުޅުންތެރިންނަށް ވަނީ ހޯދައިދީފައެވެ.
މި އަހަރުގެ ގޭމްސްގައި ބެޑްމިންޓަންގެ މި ރަން މެޑެއްޔާއެކު ބެޑްމިންޓަނުން ވަނީ ފިރިހެން ޓީމު އިވެންޓުން ލޯ މެޑަލް، އަންހެން ޓީމު އިވެންޓުން ލޯ މެޑަލް އަދި މިކްސް ޑަބަލްސް އިވެންޓުން ލޯ މެޑަލް ހޯދާފައެވެ.
ބައިނަލްއަޤުވާމީގޮތުން ރާއްޖެއަށް އެންމެފުރަތަމަ މެޑެއްޔެއް ހޯދާފައިވަނީވެސް ބެޑްމިންޓަނުންނެވެ. އެއީ 1979 ވަނަ އަހަރު އެންމެ ފުރަތަމަ ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހޯދި ލޯ މެޑެއްޔެވެ.
Advertisement
26 ޖުލައި 2019