އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު
ބ. އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖުފަށައިފިއެވެ.
މިނިވަން ދުވަހާ ގުޅުވައިގެން ބާއްވާ މި މުބާރާތަކީ އޭދަފުށީ ކައުންސިލާއި އޭދަފުށީ ޔޫތު ޑިވެލޮޕްމަންޓް ޖަމިއްޔާ ގުޅިގެންބާއްވާ މުބާރާތެކެވެ.
ފިރިހެން އަދި އަންހެން ޑިވިޝަން ހިމަނައިގެން ބާއްވާ މި މުބާރާތުގައި ފިރިހެން ހަތް ޓީމު އަދި އަންހެން ޑިވިޝަންގައި ހަތަރު ޓީމު ބައިވެރިވެފައިވެއެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފުރަތަމަ މެޗުގައި ދިރާގުން ވަނީޕޮލިހުގެ މައްޗަށް 5-2 އިން ކުރި ހޯދި އިރު، ދެވަނަ މެޗުގައި ހޮސްޕިޓަލް ކޮމްބައިން ޓީމުގެ މައްޗަށް ފެނަކައިން ކުރިހޯދީ 5-2 އިން ނެވެ. އަދި ތިންވަނަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން އުރީދޫ އަތޮޅު ކައުންސިލް ކޮމްބައިން ޓީމުގެ މައްޗަށް ކުރި ހޯދީ 6-3 އިންނެވެ.
އަންހެން ޑިވިޜަންގެ ފުރަތަމަ މެޗުގައި ސިކްސް ވިންގްސް ޓީމުގެ މައްޗަށް އަތޮޅު ހޮސްޕިޓަލުން ކުރިހޯދީ ޕެނަލްޓީ ޖަހައިގެން 1-0 އިންނެވެ. ދެވަނަ މެޗުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މައްޗަށް 1-0 އިން ކުރި ހޯދީ ކޮޕްސް ބީ ޓީމެވެ.
ތިންވަނަ މެޗުގައި ހޮސްޕިޓަލު ޓީމު ވަނީ 1-0 އިން ކޮޕްސް ބީ ޓީމު ބަލިކޮށްފައެވެ. އަދި މި ޑިވިޜަންގެ 4 ވަނަ މެޗުގައި ސިކްސް ވިންގްސް އިން ވަނީ 2-0 އިން ތައުލީމީ މަރުކަޒު ބަލިކޮށްފައެވެ.
Advertisement
27 ޖުލައި 2019