އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ސީނިއަރ ގްރޫޕުގެ ޗެމްޕިއަންކަން ވައިލެޓް ހައުސް ބަލިކޮށް ރެޑް ހައުސް ހޯދައިފި

އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ސީނިއަރ ގްރޫޕުގެ ޗެމްޕިއަންކަން ވައިލެޓް ހައުސް ބަލިކޮށް ރެޑް ހައުސް ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ސީނިއަރ ގްރޫޕުގެ ޗެމްޕިއަންކަން ވައިލެޓް ހައުސް ބަލިކޮށް ރެޑް ހައުސް ހޯދައިފިއެވެ.

ރެޑް ހައުސް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވައިލެޓް ހައުސް ބައްދަލުކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހައިގެން 6-5 އިންނެވެ.

މި މުބާރާތު އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދި ރެޑް ހައުސްގެ މުހައްމަދު ރަފާފު ޒާކިރު އާއި ރެޑް ހައުސްގެ މުހައްމަދު އަތޫފް ރިފާއު އާއި ޔައީސް އަހްމަދު އަޝްރަފް އަދި އަބްދުﷲފާސިރުއާއި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދި ވައިލެޓް ހައުސްގެ މުހައްމަދު އަބާން އަލީއެވެ.

މި މުބާރާތަކީ ސްކޫލް ކުދިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށްޓަކައި ކޮންމެ އަހަރަކު ވަރަށް ފޯރިއާ އެކު ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މި މުބާރާތުން ގިނަ ޢަދަދެއްގެ ކުޅުންތެރިން އަންނަނީ އުފެދެމުންނެވެ.

އެގޮތުން ރާއްޖޭގެ ޤައުމީ ޓީމަށާއި ފުރަތަމަ ޑިވިޜަންގައި ކުޅޭ އޭދަފުށީ ހުރިހާ ކުޅުންތެރިންނަކީވެސް އިންޓަރހައުސް ފުޓްބޯޅަ މުބާރާތުން ވިދާލި ކުޅުންތެރިންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް