އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ވަގަށް އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އަދީބު ހައްޔަރުކޮށްފައިވާ ކަމުގެ އަޑުތަކެއް ފެތުރެނީ!

ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ވަގަށް އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އަދީބު ހައްޔަރުކޮށްފައިވާ ކަމުގެ އަޑުތަކެއް ފެތުރެނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 26 ސިކުންތު

ރާއްޖޭގެ ކުރީގެ ނައިބުރައީސް އަހުމަދު އަދީބު، ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ހުރެ، ވަގަށް އަވަށްޓެރި އިންޑިއާއަށް އެތެރެވާން އުޅުމުން ހައްޔަރު ކޮށްފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

 

އިންޑިއާގެ ނޫހަކުން ބުނެފައިވަނީ އެބޯޓުގައި ފަޅުވެރިންގެ ގޮތުގައި ތިބި ނުވަ މީހުންގެ އިތުރުން، 10 ވަނަ މީހަކަށް ހުރީ ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ.

 

ބޮޑެތި ކުށްތަކެއްގައި ތުހުމަތު ކުރެވިފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަގަށް އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައިވާއިރު، މިކަން ރާއްޖޭގެ ސަރުކާރުން އަދި ޔަގީން ކޮށްދީފައެއް ނުވެއެވެ.

 

ތަމަޅަ ބަހުން ނެރޭ "ޕުދިޔަތަލައިމުރައި" ނޫހުގައި މިއަދު ޝާއިއު ކުރި ހަބަރެއްގައި ބުނީ، އިންޓެލިޖެންސް މައުލޫމާތަކާ ގުޅުގެން އިންޑިއާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަދީބު ހައްޔަރުކުރީ، ޓުޓްކޮރިން ބަނދަރުން އެ ގައުމަށް އެތެރެވާން އުޅެނިކޮށް ކަމަށާއި އަދީބު އިންޑިއާއަށް އެތެރެވާން އުޅުނީ "ވަރގޯ-9" ނަމަކަށް ކިޔާ ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ކަމަށެވެ.

 

       

 

އެގޮތުން އިންޑިއާގެ ރޯ އާއި ކަސްޓަމްސް އަށް ހަވާލާދީ، ރިޕޯޓުތަކުން ބުނެފައިވަނީ، އެޓަގު ބޯޓުގައި އަދީބުގެ އިތުރުން ދެން ތިބީ އިންޑޮނޭޝިއާގެ އަށް މީހަކާއި ތަމަޅަ މީހެއް ކަމަށެވެ. ދިހަވަނަ މީހަކަށްހުރީ އަދީބުކަން ކަށަވަރުވެފައިވާ ކަމަށް ވެސް ނޫސްތަކުން ބުނެފައިވެއެވެ.

 

އިންޑިއާއަށް ވަގަށް އަދީބު އެތެރެވާން އުޅުނުކަމާއި އެޤައުމުގެ ފުލުހުން އޭނާ ހައްޔަރު ކުރިކަން، އަދީބުގެ ފަރާތުން ވާހަކަދެއްކި މީހަކު ވަނީ ދޮގު ކޮށްފައެވެ. "މިއަދުނޫހަށް" މައުލޫމާތު ދެމުން އޭނާ ބުނެފައިވަނީ، ފެތުރެމުންދަނީ ދޮގު ޚަބަރުތަކެއް ކަމަށެވެ.

 

"އަދީބު ހައްޔަރެއް ނުކުރޭ، އެއީ ދޮގު ވާހަކަތަކެއް. އަދީބު ހައްޔަރު ކުރިކަން އާއިލާގެ ފަރާތަކުން ވެސް އަދިއެއް އަޅުގަނޑުމެންނަށް އެނގިފައެއް. އެހެންވީމަ ބެލެވެނީ އެއީ ދޮގު ވާހަކަތަކެއް ކަމަށް" އަދީބަށް ސަޕޯޓުކުރާ އެކްޓިވިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ އެމީހާ ބުންޏެވެ.

 

އެވާހަކަތަކަކީ ދޮގުކަމަށް ބުނިކަމުގައިވީ ނަމަވެސް، އިންޑިއާގެ ގިނަ ރިޕޯޓުތަކުންނާއި، ބީބީސީން ވެސް ބުނެފައިވަނީ، އިންޑިއާ ސިފައިން މިހާރު އަދީބު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ އިންޑިއާ އަށް އެރީ މީގެ ތިން ދުވަސް ކުރިން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ