އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީންގެ ޝަރީޢަތް: އެފްއައިޔޫއިން ސާފު ކުރަން ބޭނުންވީ އެސްކްރޯ އެކައުންޓާ ގުޅޭގޮތުން- މުއައްވިޒް

ރައީސް ޔާމީންގެ ޝަރީޢަތް: އެފްއައިޔޫއިން ސާފު ކުރަން ބޭނުންވީ އެސްކްރޯ އެކައުންޓާ ގުޅޭގޮތުން- މުއައްވިޒް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 58 ސިކުންތު

12:26: މުއައްވިޒު: އެކްސްކްރޯ އެކައުންޓެއް ހުޅުވައި އެ ފައިސާ ޖަމާކުރަން އެއްބަސްވުމަށްފަހު، މިދިޔަ ޑިސެމްބަރު މަހު އެމްއެމްއޭގެ އެފްއައިޔޫން ސަސްޕިޝަސް ޓްރާންސްއެކްޝަނެއް އޭސީސީއަށް ފޮނުވި. ފެއައިޔޫއިން ސާފުކުރަން ބޭނުންވީ އެކްސްކްރޯ އެކައުންޓާ ގުޅޭގޮތުން. ނަމަވެސް، އެސްޓީއާރުން އޭސީސީއަށް ފާހަގަކުރެވުނީ އެކްސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އެކައުންޓުން. އަދި ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގެ އެކައުންޓުގައި ހުރި ހިޔާނާތާގުޅޭ ފައިސާ ނޫންކަން. އަދި ޔާމީން ވަނީ އިސްލާމިކް ބޭންކް އެކައުންޓުގައި ހުރި ފައިސާ އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށްފައިވާކަން އެ މައްސަލަ ތަހުގީގު ކުރުމުން ވަނީ ފާހަގަވެފައި.

 

12:35: ދެފަރާތުގެ ވަކީލުންގެ ފަރާތުން ދެއްކެވި ވާހަކަތައް ހޫނުވާން ފެށުމުން، ޣާޒީ ހައިލަމް ވިދާޅުވީ މިޝަރީޢަތަކީ ހެކިބަސް ހުށަހެޅުމަށް ބޭއްވުނު ޝަރީޢަތެއް ކަމަށާއި އެއް ވަކީލު އަނެއް ވަކީލަކަށް ރައްދު ދެއްވުމުގެ ފުރުސަތެއް މިޝަރީޢަތުން ނުދެއްވާނެ ކަމަށެވެ.

 

12:38: މުއައްވިޒްގެ ހެކިބަސް- އެކަމާ ގުޅިގެން އެކި ފަރާތްތަކުގެ ބޭންކް ސްޓޭޓްމަންޓުތަކެއް ހޯދިން. އަދި އެކްސްކްރޯ އެކައުންޓުގެ މައްސަލައާ ގުޅޭގޮތުން އޭސީސީން ރިޕޯޓެއް ތައްޔާރުކޮށް ފުލުހުންނާ ހިއްސާ ކުރެވުނު.

 

12:41: މުއައްވިޒު: އޭސީސީއާއެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް އެކްސްކްރޯ އެކައުންޓުގެ ކަންކަން ހިނގުމުން އެކަމާގުޅޭ ތަހުގީގެއްކޮށް ރިޕޯޓެއް އެކުލަވާލަން ނިންމީ.

 

12:43: ދިފައީ ވަކީލުން ހެކިވެރިޔާއާއި ސުވާލު ކުރައްވަނީ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ