އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީންގެ ޝަރީޢަތް: އިންވެސްޓްމެންޓް އެކައުންޓެއް އިސްލާމިކް ބޭންކްގައި ރައީސް ޔާމީން ހަދައި، އެފައިސާ ޖަމާކުރި- މުއައްވިޒް

ރައީސް ޔާމީންގެ ޝަރީޢަތް: އިންވެސްޓްމެންޓް އެކައުންޓެއް އިސްލާމިކް ބޭންކްގައި ރައީސް ޔާމީން ހަދައި، އެފައިސާ ޖަމާކުރި- މުއައްވިޒް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 52 ސިކުންތު

12:27: ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ ރައީސް ޔާމީން އިންވެސްޓްމަންްޓް އެކައުންޓެއް އިސްލާމިކް ބޭންކްގައި ހަދައި އެ ފައިސާ އެކައުންޓަށް ޖަމާކުރި: މުއައްވިޒް

 

12:46: ހެއްކާ ސުވާލުކުރުމަށް ދިފާއުއަށް ލިބުނު ފުރުސަތުގައި މުއައްވިޒުގެ ކިބައިން ސާފުކުރީ އޭސީސީން ރައީސް ޔާމީނާ ބައްދަލުކުރި ތާރީހާ ގުޅޭގޮތުން. އޭގެ އިތުރުން، އެމްއެމްޕީއާރުސީ މައްސަލައާ ގުޅޭގޮތުން ތައްޔާރުކުރި އޭސީސީން ތައްޔާރުކުރި ރިޕޯޓުގައި ރައީސް ޔާމީނަށް ދައުވާ ކުރެވިފައިވާ މައްސަލާއާ ގުޅޭ ވާހަކަ އޮންނާނެތޯ ދިފާއުން ސުވާލުކުރި އެވެ. އޭގެ ޖަވާބުގައި މުއައްވިޒު ވިދާޅުވީ އޭރު އެ ވާހަކަ ހިމެނިފައި ނުވާނެކަމަށެވެ. އަދި އެ ބައްދަލުވުމުގެ ތެރެއިން އެ ފައިސާ ދައުލަތަށް ލިބެންޖެހޭކަމަށް ރައީސް ޔާމީނަށް ދެންނެވީ އެ މުއާމަލާތް ހިނގާފައިވާ ގޮތުން ކަމަށް މުއައްވިޒު ވިދާޅުވި އެވެ.

 

12:52: އެސްއޯއެފް އެކައުންޓްގެ ސްޓޭޓްމަންޓް ނުލިބޭކަމަށް ދިފާއުން ބުނެފި. އަދި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން ކަނޑައެޅުމަށްޓަކައި އެ ސްޓޭޓްމަންޓް މުހިންމުވާކަން ދިފާއުން ވަނީ ފާހަގަކޮށްފައި. ގާޒީ ހައިލަމް ވިދާޅުވީ އެ ސްޓޭޓްމަންޓާ ގުޅިގެން ހެއްކާ ސުވާލުކުރުން ކުރިއަށް ގެންދެވޭނީ އެ ސްޓޭޓްމަންޓް ދައުލަތުގެ ފަރާތުން ދިފާއުއާ ހިއްސާކުރުމަށްފަހު ކަމަށެވެ.

 

12:57: އެ މައްސަލާގައި އޭސީސީން އަމަލުކޮށްފައިވަނީ އާންމުކޮށް އަމަލުކުރަމުންދާ އުސޫލުންތޯ ދިފާއުން ސުވާލުކުރުމުން މުއައްވިޒު ވިދާޅުވީ އެ މައްސަލާގައި އެއްވެސް އިތުރު ގޮތަކަށް އަމަލުކޮށްފައިނުވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ބަޔާން ނެގީ މައުލޫމާތު ސާފުކުރަންކަމަށާއި، ނަމަވެސް، އެ ބައްދަލުވުމުގެ އެއްވެސް ވާހަކައެއް ރެކޯޑްކުރުމުގެ ހުއްދަ ރައީސް އޮފީހުން ދީފައިވާނުވާކަން މުއައްވިޒު ވިދާޅުވި އެވެ. އެކަމުގެ ރައްދުގައި ދިފާއުން ސުވާލުކުރީ ގާނޫނުން އޭސީސީ ބޭނުންވާގޮތަށް ތަހުގީގެއް ކުރިއަސް ގެންދަން އެއްވެސް ހުރަހެއް ކުރިމަތިކުރެވޭނެތޯ އެވެ. އަދި ރައީސް ޔާމީން ދެއްވި ބަޔާނުގައި އިނގިލީގެ ނިޝާން ޖައްސަވަން އެމަނިކުފާނު އިންކާރުކުރެއްވިކަމަށް މުއައްވިޒު ވިދާޅުވި އެވެ.

 

13:03: އެކްސްކްރޯ އެކައުންޓެއް ހުޅުވުމަށް ގާނޫނީ ބާރު ލިބޭތޯ ސުވާލުކުރުމުން، މުއައްވިޒު ވިދާޅުވީ ގާނޫނުގައި އެފަދަ ވާހަކައެއް ބުނެފައިނުވާތީ، އެކްސްކްރޯ އެކައުންޓު ހުޅުވަން ފިނޭންސްގެ ލަފައެއް ހޯދިކަމަށެވެ. އެކްސްކްރޯ އެކައުންޓެއް ހުޅުވުމަށް އެއްބަސްވުމުގައި ސޮއި ކުރެވުނުއިރު، ރައީސް ޔާމީންގެ އެކައުންޓުގައި އެއް މިލިއަން ޑޮލަރު ހުރިކަން ޔަގީންނުކުރާކަމަށް މުއައްވިޒު ވިދާޅުވި އެވެ. އިންވެސްޓްމަންޓް އެކައުންޓަށް ރައީސް ޔާމީން އެއް މިލިއަން ޑޮލަރު ޓްރާންސްފާކޮށްފައިވަނީ އެކްސްކްރޯ އެކައުންޓު އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ކަމަށް މުއައްވިޒު ވަނީ ހާމަކުރައްވާފައި.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ