އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީންގެ ޝަރީއަތް: މުއައްވިޒް ވިދާޅުވީ އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން އެސްއޯއެފްގެ މައްސަލަ ބަލަން ނުޖެހޭނެ ކަމަށް!

ރައީސް ޔާމީންގެ ޝަރީއަތް: މުއައްވިޒް ވިދާޅުވީ އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން އެސްއޯއެފްގެ މައްސަލަ ބަލަން ނުޖެހޭނެ ކަމަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 32 ސިކުންތު

13:09: ދިފާއުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއައްވިޒު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ތެރެއިން ސީދާ އެސްއޯއެފްގެ މައްސަލަ ބަލަން ނުޖެހޭނެކަމަށެވެ. އެއީ ގާނޫނުން އޭސީސީއަށް ލިބިފައިވާ ބާރެއް ނޫން ކަމަށް މުއައްވިޒު ފާހަގަކުރެއްވި އެވެ.

 

13:13: އެކްސްކްރޯ އެކައުންޓެއް ހުޅުވުމުގެ ބަދަލުގައި ރައީސް ޔާމީންގެ އެކައުންޓު ހިފަހައްޓަން އެދިފައިނުވީ، ކޯޓު އަމުރެއް ހޯދަން އޭރު ދަތިތަކެއް ހުރީމާކަމަށް މުއައްވިޒު ވިދާޅުވި އެވެ.

 

13:21: މި މައްސަލާގައި ފުލުހުންނަށް ހެކި ބަސްދޭން އެއްވެސް ފަރާތަކުން އިރުޝާދެއްދީފައިނުވާކަމަށް މުއައްވިޒު ވިދާޅުވި އެވެ. އަދި ޝަރީއަތަށް ހާޒިރުވެ ހެކި ބަސް ދޭންޖެހިދާނެކަމަށް ފުލުހުން ބުނިކަމަށް މުއައްވިޒު ވިދާޅުވި އެވެ. މި މައްސަލާގައި މީޑިއާއަށް މައުލޫމާތު ހިއްސާކޮށްފައިވާނެކަމަށާއި ނަމަވެސް ދީފައިވަނީ ސީދަ ކޮން މައުލޫމާތެއް ކަމެއް މިހާރު ބުނަން ދަތިކަމަށް މުއައްވިޒު ހާމަކުރެއްވި އެވެ.

 

13:27: އެކްސްކްރޯ އެކައުންޓް އެއްބަސްވުމުގެ ދަށުން، އެމްއައިބީގައި ހުރި ފައިސާ އޭސީސީ އެކައުންޓަށް ވިޔަސް އެ ފައިސާ ޖަމާކުރުން މަނީ ލޯންޑަރިންގް އަމަލެއްގެ ގޮތުގައި ބެލެވޭނެތޯ ދިފާއުގެ ފަރާތުން ސުވާލުކުރި އެވެ. ނަމަވެސް، އެ ސުވާލަށް ދައުލަތުން ވަނީ އިއުތިރާޒްކޮށްފަ އެވެ. އެ ސުވާލުގެ ރައްދުގައި މުއައްވިޒު ވިދާޅުވީ އެ އެއްބަސްވުމަކީ ސުވާލު އުފެދިފައިވާ ފައިސާތަކެއް ވަކި ގޮތަކަށް ހޯލްޑް ކުރަން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ