އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދީބް ފިލީތީ ޝައިޚް އިމްރާން އިސްތިއުފާ ދެއްވުމަށްވުރެ އަދީބް ލައްވައި ވައްކަންކުރުވި މީހުން ހައްޔަރުކުރުން މާމުހިންމު!

އަދީބް ފިލީތީ ޝައިޚް އިމްރާން އިސްތިއުފާ ދެއްވުމަށްވުރެ އަދީބް ލައްވައި ވައްކަންކުރުވި މީހުން ހައްޔަރުކުރުން މާމުހިންމު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބް ފިލައިގެން ދިއުމުން ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ހައްޔަރުކުރުމަށްވުރެ އަދީބް ލައްވައި ވައްކަން ކުރުވި މީހުން ހިފައި ހައްޔަރުކުރުން މާމުހިންމު ކަމަށް ޝައިޚް އިމްރާން ގެ ބައެއް ސަޕޯޓަރުން ބުނެފިއެވެ. 

"ބައްލަވާ އެންމެންނަށްވެސް އެބައެނގޭ ނޫންތޯ އެ ބޮޑު ވައްކަން ކުރުމުގަ އަދީބު އަދާކުރީ ޕިޔޯނެއްގެ ބައިކަން. ދެން ޕިޔޯނަށް ވެސް މި އުފުލެނީ ވަގު ފައިސާކަން އެނގިހުރެ އުފުލާނަމަ ކޮންމެވެސް ވަރެއް އަމިއްލަ ޖީބަށްވެސް އަޅާނެތާ! ރައީސް ޔާމީނު ކުރައްވަން ބޭނުންފުޅުވި، ހުއްޓުވަން ބޭނުންފުޅުވި ކޮންމެ ކަމެއް ވަގުތުން ކުރައްވަމުން ގެންދެވިއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކަ ހަމަ ދަންނަވާއިރަށް އެމީހަކު ވަނީ ހަސަދަވެރިއަކަށް. އަދީބް ވަނީ 500 އިންސައްތަ އިތުބާރުކުރާ ޚާލިދު ބުނި ވަލީދަށް. އަދީބަށް ފިލަން ޖެހިގެން މިއުޅެނީ ކޮށްދިން ޕިޔޯނުކަމުން ނޫންތޯ؟ އެހެންވީމާ ފުރަތަމަ ކަމަކަށް ޕިޔޯނު މެދުވެރިކޮށް ވައްކަން ކުރުވި މީހާ ހައްޔަރުކުރަންވީނު؟" ޝައިޚް އިމްރާން ގެ ބައެއް ސަޕޯޓަރުން ބުނެފިއެވެ.

އެމީހުން ބުނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަބަދުވެސް މަޖިލީހުގައި ކަންކަމުގެ ޙަޤީޤަތް އޮޅުވާލައި ދޮގުހަދައިގެން ވާހަކަ ދައްކާ ބައެއް މެންބަރުން އަދީބް ފިލިކަމުގެ ޒިންމާ ޝައިޚް އިމްރާންގެ ކިބައިގައި އަޅުވަން މަސައްކަތްކުރި ނަމަވެސް ބުއްދި ސަލާމަތުން ތިބި މީހުން ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. 

ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބް އެއްވެސް ޓްރެވަލް ޑޮކިޔުމަންޓެއް ނެތި ޓަގް ބޯޓަކަށް އަރައިގެން ރާއްޖެއިން ފިލައިގެން ގޮސްފައިވަނީ ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ޢާއިލާގެ ބޭފުޅުންނާއިއެކު ޙައްޖަށް ވަޑައިގަތުމަށް ޗުއްޓީ ނެންގެވިފަހުންނެވެ. އަދި ހައްޖުގައި ހުންނަވަނިކޮށެވެ.

ކޮންމެ ސަރުކާރެއްގައިވެސް ވަޒީރުން ޗުއްޓީ ނެންގެވުމުން އެހެން މިނިސްޓަރަކާއި މިނިސްޓްރީ ހިންގުން ހަވާލުކުރެއެވެ. އެހެންކަމުން އަދީބު ފުރި މައްސަލައިގައި ޝައިޚް އިމްރާން މަޤާމުން އިސްތިއުފާ ޖެހިވަޑައިގަންނަވަންވީ އެއްވެސް ސަބަބެއް އޮތްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް