އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަޝްމީރުން މުސްލިމުން ނައްތާލުމަށް އިންޑިއާގެ ހިންދޫއިން ތައްޔާރުވަނީ! މުސްލިމު އެހެން ޤައުމުތަކުގެ މަދަދު ކަޝްމީރަށް ބޭނުންވޭ!

ކަޝްމީރުން މުސްލިމުން ނައްތާލުމަށް އިންޑިއާގެ ހިންދޫއިން ތައްޔާރުވަނީ! މުސްލިމު އެހެން ޤައުމުތަކުގެ މަދަދު ކަޝްމީރަށް ބޭނުންވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ކަޝްމީރްގައި ދިރިއުޅޭ މުސްލިމުން ނައްތާލުމަށް އިންޑިއާ އިން ތައްޔާރުވެއްޖެ ކަމުގެ އަޑުތަކެއް ފެތުރެމުން އެބަދެއެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި މިހާރު ވެސް ކަޝްމީރާއި ޖާމޫ އިން އިންޓަރނެޓްގެ ޚިދުމަތްތައް ލިބުމާއި ޓީވީގެ ޚިތުމަތްތައް ވެސް ލިބުން ކަނޑާލާ، އިންޑިއާގެ 25،000 ސިފައިން ވަނީ އެސަރަޙައްދަށް އަރާފައެވެ.

ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފުވެ، ކަޝްމީރުން މުސްލިމުން ނައްތާލާ، އެތަނުގައި ހަމައެކަނި އިންޑިއާގެ ހިންދޫއިންނަށް ދިރިއުޅެވޭނެ ގޮތް ހެދުމުގެ މަސައްކަތް އިންޑިއާ ސަރުކާރުން ފަށާފައިވަނީ، ކަޝްމީރަކީ އިންޑިއާގެ ރަށެއް ކަމުގައި އަބަދުގެ އަބަދަށް ނިންމާލުމަށް ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ކަޝްމީރްގެ މުސްލިމުން މިހާރުވެސް ތިބީ މިކަމުގެ ސަބަބުން ބިރުވެރިކަމެއްގެ ތެރޭގައެވެ. މުސްލިމު އެހެން ޤައުމުތަކުން އެމީހުންނަށް އެހީތެރިވުމަށް އެދި އެމީހުން އާދޭސްކުރަމުން ދެއެވެ.

ބައިނަލްއަގްވާމީ މާއްދާ ނަންބަރު 370 އާއި A55 ގައި ބުނެފައިވަނީ، ކަޝްމީރްގެ އަސްލު ރަށްވެހިންނަނީ އެތަނުގެ މުސްލިމުން ކަމުގައާއި އެހެން ކަމުން މުސްލިމުންނަށް ކަޝްމީރްގައި ވަޒީފާ އަދާކޮށް އެހެނިހެން ކަންކަން ކުރުމުގެ ބާރުވެސް އޮންނާނެ ކަމަށެވެ. ނަމަވެސް އިންޑިއާއިން ވަނީ ނުޤަވައިދުން އެމާއްދާ ބަދަލުކޮށް، ކަޝްމީރް މުޅި އުމުރަށް އަތުލުމުގެ ނިޔަތުގައި އެޤައުމުން މުސްލިމުން ނައްތާލުމުގެ މަސައްކަތް ފަށާފައެވެ.

މިމާއްދާތައް އުވާލުމުގެ ނަތީޖާއަކަށް ވާނީ، ކަޝްމީރްގައި އެއްވެސް މުސްލިމަކަށް ދާއިމީކޮށް ދިރިނޫޅެވުމާއި، ކަޝްމީރް ގައި އިންޑިއާގެ ހިންދޫއިންނަށް ވެރިކަން ކުރެވުމެވެ.

އިންޑިއާ ސަރުކާރުގެ މިލާއިންސާނީ އަމަލަށް، އިންޑިއާގެ ބައެއް މީހުން ވަނީ ތާއީދު ކޮށްފައެވެ. އެގޮތުން ފާހަގަ ކުރެވޭ އެކަކީ، ބޮލީވުޑްގެ ކުރީގެ ފިލްމުތަކުން ފެނިފައިވާ އަނޫޕަމް ޚޭރް އެވެ. ނަރެންދްރަ މޯދީ އަށް ޖާނުން ފިދާވާވަރަށް ތަބާވާ އަނޫޕަމް ކުރި ޓްވީޓެއްގައި، ކަޝްމީރަށް ހަމަލާ ދިނުމާއި އެޤައުމުން މުސްލިމުން ނައްތާލުމަށް ބުނެފައިވަނީ، އެއީ ކަޝްމީރް ހޯދުމަށް އޮތް "ހައްލު" ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ