އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްރވިސް ޗާޖް ނަގަން ރިޕޯޓުގަ ހުށަހަޅާފައިވަނީ ވަކި އަދަދަކަށް ލިމިޓްކޮށްގެނެއް ނޫން!

ސްރވިސް ޗާޖް ނަގަން ރިޕޯޓުގަ ހުށަހަޅާފައިވަނީ ވަކި އަދަދަކަށް ލިމިޓްކޮށްގެނެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ރިޒޯޓުތަކުން ސަރިވިސް ޗާޖް ނަގަން މަޖިލީހުގެ ކޮމިޓީން ފާސްކުރި ރިޕޯޓުގައި ހުށަހަޅާފައިވަނީ ވަކި އަދަދަކަށް ލިމިޓްކޮށްގެނެއް ނޫނެވެ. ރިޕޯޓްގައި ހިމަނާފައިވަނީ އެ ރިޒޯޓަކުން ބޭނުންނަމަ 10 އިންސައްތަ ނެގުމުގެ ބަދަލުގައި ރިޒޯޓުން ބޭނުންނަމަ 15 ނުވަތަ އެނޫން އިންސައްތައަށް އިތުރުކުރެވިދާނެ ގޮތަށެވެ.

ރިޕޯޓުގައި ހުށަހަޅާފައިވަނީ ރިޒޯޓުގައި ދުވަހުން ދުވަހަށް ވަޒީފާ އަދާކުރާ އަދި ޕޭރޯލުގައި ހިމަނައިގެން މުސާރަ ދޭ ހުރިހާ މުވައްޒިފުންނަށް ހަމަހަމަ ކަމާއިއެކު ސާވިސް ޗާޖް ދޭން ޖެހޭނެ ކަމަށެވެ. އަދި މިހާރުވެސް ބައެއް ރިޒޯޓުތަކުން ހާމަކުރަމުން ގެންދާ ފަދައިން ސާވިސް ޗާޖަށް ލިބޭ އަދަދު ދުވަހުން ދުވަހަށް ހުރިހާ ރިޒޯޓުތަކުންވެސް ހާމަކުރަމުން ގެންދިއުން މުހިންމު ކަމަށެވެ.

ބައެއް ރިޒޯޓުތަކުން ސަރވިސްޗާޖް ނެގުމަށްފަހު ބެހުން ލަސްކުރުމާއި ހުރިހާ މުވައްޒިފުންނަށް ހަމަހަމަކަމާއިއެކު ނުބެހުން ފަދަ ކަންކަން ކުރާތީ މުވައްޒިފުންނަށް ލިބެން ޖެހޭ ޙައްޤު ނުލިބޭކަން ބައެއް މެންބަރުން ވަނީ ފާހަގަކޮށްފައެވެ. އަދި ސްރވިސް ޗާޖް ނުލިބޭ ގޮތަށް ދިވެހިން ލައްވައި މަސައްކަތް ކުރުވަމުން ގެންދާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް