އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުވާ ޓްރެކަށް ހަދަން އާސަންދައިން 9.5 މިލިއަން ރުފިޔާ ޚަރަދު ކުރިކަން ހާމަވެއްޖެ!

ދުވާ ޓްރެކަށް ހަދަން އާސަންދައިން 9.5 މިލިއަން ރުފިޔާ ޚަރަދު ކުރިކަން ހާމަވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ރަސްފަންނު ސަރަހަހްދުގައި ހަދާފައިވާ ދުވާ ޓްރެކަށް ކުރީ ސަރުކާރުން އާސަންދައިން ކުންފުނިން 9.5 މިލިއަން ރުފިޔާ ޚަރަދު ކުރިކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ އާސްންދަ ކުންފުނީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް (އެސްއޯއީ) ކޮމެޓީގެއަށް އާސަންދަ ކުންފުނިން ދިން މައުލޫމާތުންނެވެ.

މިކޮމެޓީގައި އާސަންދައިން ކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު ވިދާޅުވީ، އާސަންދައިން ރަސްފަންނުގަ ދުވާ ޓްރެކެއް އެޅުމަށް އާސަންދައިގެ ބަޖެޓުން 9.5 މިލިއަން ރުފިޔާ، ޚަރަދުކޮށްފައި ވާކަމަށާއި އާސަންދަ ކުންފުނިން ކޮށްފައިވާ ޚަރަދުތައް ބަލަމުން އަންނަކަމަށެވެ.

މީގެއިތުރުން ރަސްފަންނު ހެދި އިރު އެތަނުގެ އެއްވެސް ބައެއް އާސަންދަ ކުންފުންޏާ ހަވާލުކުރިތޯ އެސްއޯއީ ކޮމެޓީގެ މުގައްރިރު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ، ރަސްފަންނުގެ އެއްވެސް ބައެއް އާސަންދަ ކުންފުނީގެ ބެލުމުގެ ދަށުގައި ނެތް ކަމަށާއި ދުވާ ޓްރެކް ހެދުމަށް އާސަންދަ ކުންފުނީގެ ބަޖެޓުން ޚަރަދުކުރީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ސިޓީ އަކުން 'ޑައިރެކްޝަން' ލިބިގެން ކަމަށެވެ.

މިކަމާގުޅިގެން ކުރީގެ ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސަން އަށް ދެއްވި އިންޓަވިއުއެއް ގަި ވިދާޅުވީ ދުވާ ޓްރެކަށް އާސްންދަ ކުންފުނިން ޚަރަދުކުރިކަން އެނގިވަޑައިގެންފައި ނުވާކަމަށެވެ.

އެނގިފައިވާގޮތުގައި ސަރުކާރުން އެންސްޕާއަށް އަންގާފައި އޮތީ ތިން މިލިއަނަށްވުރެން ބޮޑުނުވާނެ މިންވަރަކަށް ހޭދަކޮށްގެން އެބޭފުޅުންގެ އަމިއްލަ ބެލުމުގެ ދަށުން ބަޔަކު ހޯދައިގެން ޖޮގިން ޓްރެކެއް ހަދައިދޭން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ދުވާ ޓްރެކަށް ހެދުމަށް އޭރުގެ ސަރުކާރުން ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ވިސްޓާރިޔާ ސިންގަޕޫރު ލިމިޓެޑްއާ އެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު