އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަށްތަކުގެ ޞިއްހީ ނިޒާމް ރަނގަޅުކުރެވެންދެން މާލެ ފޮނުވަން ޖެހޭ ބަލިމީހުނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޢަލީ ޙަމީދު ގޮވާލައްވައިފި

ރަށްތަކުގެ ޞިއްހީ ނިޒާމް ރަނގަޅުކުރެވެންދެން މާލެ ފޮނުވަން ޖެހޭ ބަލިމީހުނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޢަލީ ޙަމީދު ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ޞިއްޙީ ފަރުވާހޯދަން މާލެއަށް ފޮނުވަން ނުޖެހޭ ހިސާބަށް ރާއްޖޭގެ ރަށްތަކުގެ ޞިއްހީ ނިޒާމް ރަނގަޅުކުރެވެންދެން މާލެ ފޮނުވަން ޖެހޭ ބަލިމީހުނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު ގޮވާލައްވައިފި އެވެ.

ޢަލީ ޙަމީދު ވިދާޅުވީ ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ ބަލިމީހުންނަށް ވެސް އިތުރު އިނާޔަތްތައް ދޭ ފަދައިން ރަށްރަށުން މާލެ ފޮނުވަން ޖެހޭ ބަލި މީހުންނަށްވެސް ހަމައެކަނި އާސަންދައިން ބޭސްކުރުމަށްވުރެ އިތުރަށް މާލީ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ޢަލީ ޙަމީދު ވިދާޅުވީ އިސްދޫ ކަލައިދޫއަށް ބެލިނަމަވެސް ދެ ރަށަށް ހުރީ ހަމައެކަނި އެންމެ ޑޮކްޓަރެއް ކަމަށާއި އާބާދީގައި 3000 މީހުން ތިބުމުން އެކަށީގެންވާ ފެންވަރުގައި ޞިއްހީ ޚިދުމަތް ލިބެމުން ނުދާ ކަމަށެވެ.

ލ. އިސްދޫ ކަލައިދޫ ޞިއްޙީ މަރުކަޒަށްބަލާއިރު މިހާރު ޚިދުމަތުގައި ހުރީ އެމްބީބީއެސް ފެންވަރުގެ އެންމެ ޑޮކްޓަރެކެވެ. 24 ގަޑިއިރު ޚިދުމަތް ލިބޭ ގޮތަށް ހަމަޖައްސާފައި އޮތް ނަމަވެސް އެންމެ ޑޮކްޓަރަކު ހުރުމުން ބަލިމީހުން ބަލަނީ ހެނދުނު 8 އިން މެންދުރު 2 އަށާއި ރޭގަނޑު 8 އިން 10 ޖަހަންދެންނެވެ.

ޢާންމު ބަލިތަކަށް ލެބޯޓްރީގެ ޚިދުމަތް ލިބެއެވެ. ނަމަވެސް އެކްސްރޭ ނެގުމާއި ސްކޭން ކުރުން ފަދަ ޚިދުމަތްތަކެއް ނުލިބެއެވެ. ޚިދުމަތުގައި 8 ނަރުހުން ތިބިއިރު އެއިގެ ތެރޭގައި ހިމެނެނީ ދިވެހި އެންމެ 3 ނަރުހުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް