އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާފަރެއްގެ ގޮތުގަ މަރުވެއްޖެ މީހަކަށް ހެޔޮ ދުޢާ ކުރުން އިސްލާމްދީނުގަ ވަނީ މަނާ ކުރައްވާފަ: ޝައިޚް ޒައިދް

ކާފަރެއްގެ ގޮތުގަ މަރުވެއްޖެ މީހަކަށް ހެޔޮ ދުޢާ ކުރުން އިސްލާމްދީނުގަ ވަނީ މަނާ ކުރައްވާފަ: ޝައިޚް ޒައިދް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ކާފަރެއްގެ ގޮތުގައި މަރުވެއްޖެ މީހަކަށް ހެޔޮ ދުޢާ ކުރުން އިސްލާމްދީނަގައި ވަނީ މަނާ ކުރައްވާފައި ކަމަށް މައްޝޫރު ދީނީ ޢިލްމު ވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކާފަރެއްގެ ގޮތުގައި މަރުވެއްޖެ މީހަކަށް (އެއީ ތިމާގެ އާއިލާ މީހަކަށްވިޔަސް) ދުޢާ ކުރުން އިސްލާމްދީނުގަ ވަނީ މަނާ ކުރައްވާފަ ކަމަށެވެ. އެހެނީ އާޚިރަތުގެ އަމާންކަމާއި ސަލާމަތްތެރިކަން އޮތީ ހަމައެކަނި އިސްލާމްކަންމަތީ މަރުވާ މީހުންނަށް ކަމުގައި ވެސް ޝެއިޚް ވިދާޅުވިއެވެ.

މިބަސްފުޅުގެ ހެކި ޝައިޚް ޢަލީ ޒައިދު ދައްކަވާފައިވަނީ ތައުބާ ސޫރަތުގެ 113 ވަނަ އާޔަތުންނެވެ.   

"ނަބިއްޔާއަކަށްވެސް، އަދި إيمان ވި މީހުންނަކަށްވެސް مشرك ންނަށްޓަކައި ފާފަފުއްސެވުންއެދި دعاء ކުރެއްވުމެއް ނެތެވެ. އެއުރެންނީ ގާތްތިމާގެ މީހުންކަމުގައި ވީނަމަވެހެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައިގެ أهل ވެރިންކަން އެއުރެންނަށް ފާޅުވެ އެނގުމަށްފަހުގައެވެ." (ތައުބާ: 113)

ﷲ ތައާލާ މި އާޔަތް ބާވައިލެއްވެވީ ބޮޑުބޭބޭފުޅު އަވަހާރަވުމުން ބޮޑުބޭބޭފުޅުގެ ފާފަ ފުއްސަވައި ދެއްވެވުން އެދިވަޑައިގެން ރަސޫލް (ޞޢވ) ދުޢާކުރައްވަމުން ގެންދެވުމުންނެވެ. 

ޝައިޚް ޒައިދް މިއަދު މިހެން ވިދާޅުވެފައިވާއިރު، އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ކުއްލިގޮތަކަށް އިއްޔެ މަރުވުމުން، ރާއްޖޭގެ ބައެއް އިސް ފަރާތްތަކުން ވަނީ އެކަމާއި ހިތާމައިގެ ތަޢުޒިޔާ މެސެޖު ފޮނުވާފައެވެ.

Kaafareh ge gothugai maruvejje meehakah, heyo dua kurun Islam dheenugai vanee manaa kurahvaafa! Eiy thimaage family meeheh kamugai viyas! Ehenee aakhirathuge amaan kamaa salaamai therikan othee hama ekani Islam kan mathee maruvaa meehunnah.

— Ali Zaid (@alizaid1000) August 7, 2019

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް