އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މިސަރުކާރުން އައްޑޫ ސިޓީގައި އަޅާ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މިސަރުކާރުން އައްޑޫ ސިޓީގައި އަޅާ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞޯލިހުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ސަރުކާރުން އަތޮޅުތަކަށް އަމާޒުކުރައްވައިގެން ކުރިއަށްގެންދަވާ 20،000 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ތެރެއިން އައްޑޫސިޓީގައި އެޅުމަށް ހަމަޖެހިފައިވާ 1500 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހައުސިންގ ޔުނިޓްތަށް އެޅުމުގައި ގޯތި ލިބި އެހެންނަމަވެސް މާލީ ތަނަވަސްކަން ނެތުމުން ގެދޮރު ނޭޅިފައިވާ ފަރާތްތަކާއި އަލަށް ގޯތި ދޫކުރެވޭ ފަރާތްތަކަށް މިމަޝްރޫޢުގެ ދަށުން އެގޯތިތަކުގައި ގެ އެޅުމުގެ ފުރުޞަތު ލިބޭނެއެވެ.

މިމަޝްރޫޢުގެ ދަށުން އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތައް ބަހާލެވިފައިވަނީ ހިތަދޫގައި 712، މަރަދޫގައި 164، މަރަދޫފޭދޫގައި 81، ފޭދޫގައި 247، ހުޅުދޫގައި 165 އަދި މީދޫގައި 131 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫޢުއަކީ ރާއްޖޭގެ ރަށްތަކުގައި ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގެދޮރު އިމާރާތް ނުކުރެވި ފަޅުވެފައިވާ ގޯތިތަކުގެ މައްސަލައަށް ހައްލެއް ހޯދައި، ގޯތި ލިބިފައިވީނަމަވެސް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު ނޭޅި ދަތި ހާލުގައި އުޅޭ ޢާއިލާތަކަށް ގެދޮރުއެޅުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫޢުއެކެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު