އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިލްވާން ވަގަށްނެގި މީހުން ހެއްކާއެކު ހޯދިއްޖެ: ހުސްނުއްސުއޫދް

ރިލްވާން ވަގަށްނެގި މީހުން ހެއްކާއެކު ހޯދިއްޖެ: ހުސްނުއްސުއޫދް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

މީގެ ފަސް އަހަރު ކުރިން ވަގަށް ނަގައިގެން ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޞްވާން ވަގަށް ނެގި މީހުން، ހެއްކާއެކު ހޯދިއްޖެ ކަމަށް ވީނުވީއެއް ނޭނގި ގެއްލިފައިތިބި މީހުންގެ މައްސަލަބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދް ވިދާޅުވެއްޖެއެވެ.

ސުއޫދް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރިލްވާން ގެއްލުވާލުމުގައި ހަރަކާތްތެރިވި ބަޔަކު ހެއްކާއެކު ދެނެގަނެވިފައިވާ ކަމަށާއި އެމީހުންގެ މައުލޫމާތު އެއްމަސް ތެރޭގައި އާންމު ކުރުމާމެދު ވިސްނާ ކަމަށެވެ.

ސުއޫދް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިލްވާން ވަގަށް ނެގި މީހުން ހެއްކާއެކު ހޯދިފައިވީ ނަމަވެސް، އޭނާ ވަގަށް ނެގުމަށްފަހު އޭނާއާއިމެދު ކަންތައްކުރި ގޮތް އަދިވެސް ހޯދިފައި ނެތް ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ރިޔާސީ ކޮމިޝަނަށް އެކި ގޮތްގޮތުން ލިބުނު މައުލޫމާތުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކު މިހާތަނަށް ޔަގީން ކުރެވުނު ކަންކަމުގެ މައުލޫމާތު ރިލްވާންގެ އާއިލާއާއި ދާދިފަހުން ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް ކޮމިޝަންގެ ރައީސް ވިދާޅުވެފައިވެއެވެ.

"މިކޮމިޝަނަށް ހުށަހަޅާފައިވާ ހުރިހާ މައްސަލަތަކެއްގެ ވެސް ހަގީގަތް ހޯދުމަށް ވެފައިވާ ވައުދު ފުއްދާނަން" ސުއޫދް ވިދާޅުވެފައިވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ