އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝަރީއަތް ނިމެންދެން އަދީބު ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

ޝަރީއަތް ނިމެންދެން އަދީބު ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަލްބުލްޣަފޫރާއި ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ޅ. މާބިންހުރާ މައްސަލައިގެ ޝަރީޢަތް ނިމެންދެން ، އޭނާ ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މާބިންހުރާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްވި އަށް އަހަރު ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލް ކުރުމާއި ގުޅިގެން، އެމައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އެމައްސަލަ ނިމެންދެން އަދީބު ރާއްޖެއިން ބޭރަށް ދިޔުން މަނާކޮށް އަމުރެއް ނެރެފައިވަނިކޮށް، އޭނާވަނީ ކަނޑުމަގުން ފިލައިގެން ވަގަށް އިންޑިއާ އަށް ވަދައިގަންނަވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާ އަތުލައިގަނެ، މިމަހުގެ 4 ވަނަ ދުވަހު ވަނީ އަނބުރާ މާލެ ގެނެސްފައެވެ.

ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ދައުލަތުން އެދުމުން، އެކޯޓުން މިއަދު ނެރުނު އަމުރެއްގައި ބުނެފައިވަނީ، އަދީބު ކުރިން އަމަލު ކުރި ގޮތުގެ މައްޗަށާއި މައްސަލައިގެ ބާވަތަށް ބެލުމަށްފަހު، އެމައްސަލަ ސުޕްރީމް ކޯޓުން ބަލައި ނިމެންެން ނުވަތަ އެހެން ގޮތަކަށް ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި އަދީބު ބަހައްޓަން އަމުރުކުރާ ކަމަށެވެ.

މީގެއިތުރުން، ސުޕްރީމް ކޯޓުގެ މިއަމުރާއެކު، އަދީބު 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރިން ކުރި އަމުރު ބާތިލް ވެގެންދާނެ ކަމަށް ވެސް، މަތީ ކޯޓުން މިއަދު ނެރުނު އަމުރުގައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ