އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މިލަންދޫ ސްކޫލްގެ ދަރިވަރުންނަށް ހިންގި ޓްރެފިކް މޮނީޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމައިފި

މިލަންދޫ ސްކޫލްގެ ދަރިވަރުންނަށް ހިންގި ޓްރެފިކް މޮނީޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ށ. މިލަންދޫ ސްކޫލްގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމައި ދަރިވަރުންނަށް ސެޓުފިކެޓު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިލަންދޫ ޕޮލިސް ސްޓޭޝަނާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓުމަންޓު ގުޅިގެން މިލަންދޫ ސްކޫލްގެ ގްރޭޑް 7 އިން ގްރޭޑް 9 އަށް ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނީޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮގަސްޓް 09 ވަނަ ދުވަހުގެ ރޭ މިލަންދޫ ސްކޫލުގައެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ށ. އަތޮޅު ކޮމާންޑަރ ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ފާއިޒެވެ.

މި ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނާއި ޤަވާއިދުތަކަށް ދަރިވަރުން ހޭލުންތެރިކުރުމާއި ޓްރެފިކް ނިޝާންތަކާއި، ދުއްވުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާއި، ދުއްވާފަރާތްކުން ޢަމަލުތައް ބަހައްޓަންވީ ގޮތާއި، ދުއްވާ އުޅަނދުތައް ހުންނަންޖެހޭ މިންގަނޑުތައް ކިޔައި ދީފައިވެއެވެ.

މީގެ އިތުރުން އެކްސިޑެންޓްތައް ހިނގަން ދިމާވާ ސަބަބުތަކާއި، އަދި އެކްސިޑެންޓްތަކުން ސަލާމަތްވުމަށް ސަމާލުކަންދޭންވީ ކަންކަމާއި، މަގު ހުރަސްކުރުމާއި، ހިނގާބިނގާވެ އުޅުމުގައި ރައްކާތެރި ގޮތްތަކާއި، މީހުންނާއި މުޢާމަލާތުކުރަންވީ ރީތި ޢަދަބުތަކާއި މަގުމަތީގެ ސުލޫކާއި އަޚްލާޤް ކިޔައިދީފައިވެއެވެ.

މި ޕްރޮގްރާމްގައި، ސްކޫލު ދަރިވަރުންގެ އިތުރުން މިލަންދޫގައި ހުރި މުއައްސަސާތަކުގެ ބޭފުޅުންނަށާއި، ސްކޫލުގެ މުވައްޒަފުންނަށާއި އަދި ރަށުގެ ރައްޔިތުންނަށް އަމާޒުކޮށް ޓްރެފިކްގެ މަޢުލޫމާތު ދިނުމުގެ ސެޝަން ތަކެއްވަނީ ކުރިއަށް ގެންގޮސްފައިވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ