އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެންސަރުގެ 11 އޮޕަރޭޝަންކޮށްފައިވާ 8 އަހަރުގެ މުޞްޠަފާއަށް ހެޔޮ ދުޢާކޮށްދެއްވާ! - އިރުގެ އަލިން ފިހޭތީ ކްލާހުގަ އިންނަން ޖެހެނީ ފޮށްޓެއްގަ!

ކެންސަރުގެ 11 އޮޕަރޭޝަންކޮށްފައިވާ 8 އަހަރުގެ މުޞްޠަފާއަށް ހެޔޮ ދުޢާކޮށްދެއްވާ! - އިރުގެ އަލިން ފިހޭތީ ކްލާހުގަ އިންނަން ޖެހެނީ ފޮށްޓެއްގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ތުރުކީގެ ކަސަބްލަންކާއަށް ނިޞްބަތްވާ އުމުރުން އެންމެ 8 އަހަރުގެ މުޞްޠަފާ ސްކޫލަށް ވައްދަން އެއްބަސްވީ ކާޑުބޯޑު ފޮށްޓެއްގައި އިންނަ ގޮތަށެވެ. އެއީ އޭނާ އަށް ޖެހިފައިވާ ހަމުގެ ބައްޔެގެ ސަބަބުން ހަންގަނޑު ފިހި، ހަންގަނޑު ދޫވެ ފައިބާތީ އެކަމުން އޭނާ ސަލާމަތްކުރުމަށެވެ. 

 xeroderma pigmentosum, or XPބަލި ޖެހިފައިވާ މުޞްޠަފާ އެކަމަށް ދެކޮޅެއް ނުހަދައެވެ. މައިން ބަފައިން އޭނާ ސްކޫލަށް ފޮނުވަން ކުރި މަސައްކަތުން އެވަރުގެ ކުރިއެރުމެއް ލިބުނު ކަމަށްޓަކައިވެސް އޭނާ ޝުކުރުވެރިވެއެވެ. 

އޭނާއަށް އުޅެންޖެހިފައިވަނީ އެއްވެސް ވަރަކަށް އޭނާގެ ގައަށް އިރުގެ އަލި ނުފޯރާނެ ފަދަ ބޯފޭރާމުގައެވެ. މުޞްޠަފާ މިހާރުވެސް ވަނީ އޭނާގެ ހަމަށް ކެންސަރު ޖެހޭތީ އެކަމުން ސަލާމަތްވުމަށް ތަފާތު 11 އޮޕަރޭޝަންކޮށްފައެވެ. 

އުތުރު އެފްރިކާގެ 10،000 ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ޖެހޭ މިބަލި ޔޫރަޕްގައި ދިހަ ގުނަ މަދެވެ. މާނައަކީ ބަލި ޖެހެނީ އެއް ލައްކަ ކުދިންގެ ތެރެއިން 1 ކުއްޖަކަށް ކަމެވެ.   

ތުރުކީ ފަދަ މުޅި އަހަރު އަވިދޭ ޤައުމެއްގައި މިފަދަ ބަލި ކުއްޖަކަށް އުޅެން ޖެހުމުން ބޮޑެތި ތަކްލީފްތައް ޖެހިފައެވެ. މިބަލީގެ ކުދިން މުރޮކޯގައި އުޅެއެވެ. ނަމަވެސް ވަރަށް ޒުވާން އުމުރުގައި ދަނީ މަރުވަމުންނެވެ! 

މުޞްޠަފާއަށްޓަކައި ހެޔޮ ދުޢާކޮށްދެއްވާށެވެ! ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މީހަކަސް ނަމަވެސް ހެޔޮ ދުޢާކުރުމުން ދުޢާކުރި މީހާއަށް ﷲ ތަޢާލާ އެކަމުގެ ސަވާބު ދެއްވަވާނެތެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް