އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މަރުމަތީގަ ޝަހާދަތް ނުކިޔޭތީ ބިރުބޮޑު! - މަރަށް ތައްޔާރުވުމަކީ ރޭގަނޑު ނިދަން އޮށޯވެފަ ޝަހާދަތް ކިޔުމަށްވުރެ މާބޮޑުކަމެއް!

މަރުމަތީގަ ޝަހާދަތް ނުކިޔޭތީ ބިރުބޮޑު! - މަރަށް ތައްޔާރުވުމަކީ ރޭގަނޑު ނިދަން އޮށޯވެފަ ޝަހާދަތް ކިޔުމަށްވުރެ މާބޮޑުކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 10 ސިކުންތު

މީހަކު ބުނާ ބުނުމެއް ނޫނެވެ. ވަރަށް ގިނަ ޑޮކްޓަރުންނާއި އަހަރެން އަމިއްލައަށް ސުވާލުކޮށްފީމެވެ. މަރުވުމުގެ ވަގުތުގައި ޝަހާދަތް ކިޔޭ ކަމަށްވަނީ ވަރަށް މަދު މީހަކަށެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. 

ދާދިފަހުން ޝައިޚަކު ޢިޝާ ނަމާދުން ނިމިވަޑައިގެން ގެއަށްވަޑައިގެން ގެއާއި ދާދި ގާތްވެފައި ވަނިކޮށް ހަށިކޮޅަށް 3 ފަހަރު ވަޅިހަރައި ޝަހީދުކޮށްލިއެވެ. މާތް ﷲ ޝައިޚަށް ޝަހީދެއްގެ ދަރަޖަ ދެއްވަވާށި! އާމީން. 

ފާހަގަކުރަން ބޭނުންވަނީ އެ ހާދިސާ ހިނގި ހިސާބުގައި ތިބި މީހުންނަށް އިވުނީ ޝައިޚުގެ ކަންބޮޑުވެވަޑައިގަތުމުގެ އަޑު ނޫން ކަމަށެވެ. އެހެން މީހެއްގެ އެހީތެރިކަމަށް އެދިވަޑައިގެން ގޮވާލެއްވެވި އަޑެއްވެސް ނޫން ކަމެވެ. އެންމެންނަށް ވެސް އިވުނީ ޝަހާދަތުގެ ދެކަލިމަ ބާރަށް ވިދާޅުވިއަޑެވެ. މީސްތަކުން ދުވެ ދިއައިރު އެންމެ ފަހު ނޭވާ ދޫކުރައްވަނީއެވެ. އެއިރުވެސް ގެންދެވީ ޝަހާދަތް ވިދާޅުވަމުންނެވެ. 

ވިސްނައި ޢިބްރަތް ޙާޞިލުކުރާށެވެ! އެގޮތަށް އެކަން އެ ކުރެއްވެވުނީ މަރަށް ތައްޔާރުވެގެން ހުންނެވުނީތީއެވެ. އެ ފުރުޞަތު ﷲ ތަޢާލާ އެ ދެއްވެވީ ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް ބައްލަވައިގެން ޝައިޚް ޢަމަލުކުރައްވަމުން ގެންދަވާފައިވާތީ ކަމަށްވުމަކީ ކިތަންމެހައިވެސް ކައިރި ކަމެކެވެ. 

މަރަށް ތައްޔާރު ނުވެ ހުއްޓައި ބަލިވެގެން ނުވަތަ އެނޫންވެސް ގޮތަކުން މަރާއި ކުރިމަތިލާން ޖެހިއްޖެ ނަމަ އެމީހަކު މަރުވެގެން އެދަނީ އިސްލާމް ދީނުގައި އޮތްގޮތަކަށް ނޫނެވެ. އެހެނީ މުޅި އިސްލާމް ދީނުގެ އަސްލަކީ އަބަދުވެސް މަރަށް ތައްޔާރުވެގެން ހުރުން ކަމުގައިވާތީއެވެ. ދިރިއުޅުމުގެ އެންމެ ބޮޑު މަޤްޞަދަކީ ވެސް މަރަށް ތައްޔާރުވުން ކަމުގައިވާތީއެވެ. 

މީސްތަކުންނޭވެ! ފުރިހަމަ މުސްލިމެއްގެ ގޮތުގައި މަރުވުމަށްޓަކައި ނުވަތަ އެކަމަށް އެދޭނަމަ އަބަދުވެސް ހުންނަން ޖެހޭނީ މަރަށް ތައްޔާރުވެގެންނެވެ. ނަމަވެސް ބައެއް މުސްލިމުންނަށް ޤަބޫލުކުރެވިފައި އޮންނަނީ މަރަށް ތައްޔާރުވުމަކީ ހަމަ އެކަނި ރޭގަނޑު ނިދަމުން ޝަހާދަތް ކިޔުން ކަމަށެވެ. އެއްގޮތަކަށްވެސް އެހެނެއް ނުވާނެއެވެ. މަރަށް ތައްޔާރުވުމަކީ އެއަށްވުރެ މާބޮޑުކަމެކެވެ.

މިސާލަކަށް ރޭގަނޑު ނިދަން މި އޮށޯންނަނީ ދުވާލު ނިމި ރޭގަނޑުން ބައެއް ފާއިތުވުމުންނެވެ. ވީއިރު ފަޖުރުލީންސުރެ އަދާކުރަންޖެހޭ ފަރުޟުތައް ކޮބައިހެއްޔެވެ؟ ކުރަންޖެހޭ 5 ނަމާދު ކޮބައި ހެއްޔެވެ؟ އެ ނޫންވެސް އަޅުކަން ކުރެވުނު ހެއްޔެވެ؟ އެހުރިހާ ކަމަކަށް އިންތިހާއަށް އިހްމާލުވެގެން ހުރެ ނިދަން އޮށޯންނަމުން ޝަހާދަތް ކިޔުމަކީ މަރަށް ތައްޔާރުވުން ކަމަށް ބެލެވޭނީ ކިހިނަކުންހެއްޔެވެ؟ 

މީސްތަކުންނޭވެ! ބޮޑު ބައްޔެއް ނުވަތަ މަރުބަލި ޖެހޭނީ ބުނެ އަންގައިފައެއް ނޫނެވެ. އެކްސިޑެއްގައި ނުވަތަ ކުއްލި މަރަކުން މަރުވާނީވެސް ކުރިން ބުނެ އަންގައިފައެއް ނޫނެވެ! ވީމާ މަރަށް ފުރިހަމައަށް ތައްޔާރތުވެގެން ހުންނާށެވެ! އެއިރުން މަރުވާނީ އެންމެ ހެޔޮ ގޮތުގައެވެ! މަރުމަތީގައި ޝަހާދަތްވެސް ކިޔޭނެއެވެ! އިން ޝާ ﷲ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
11%
ރަނގަޅު
16%
އޯކޭ
38%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް