އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ﷲ ގެ ޙަޟްރަތުގަ އެންމެ ލޮބުވެތިކަން ބޮޑު އެހަނަސް މީސްތަކުން އެންމެ ފަރުވާ ކުޑަ 2 ކަންތައް!

ﷲ ގެ ޙަޟްރަތުގަ އެންމެ ލޮބުވެތިކަން ބޮޑު އެހަނަސް މީސްތަކުން އެންމެ ފަރުވާ ކުޑަ 2 ކަންތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 21 ސިކުންތު

ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އެހަނަސް މީސްތަކުން މިހާރު އެންމެ ފަރުވާ ކުޑަކޮށްލާފައިވާ 2 ކަންތައް ފާހަގަކޮށްލާނަމެވެ.  

ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ރޯދައަކީ ސުންނަތް ރޯދައެވެ. އެހެނީ ފަރުޟު ރޯދަ ހިފަނީ ވާޖިބު ކުރެއްވެވީތީއެވެ. ސުންނަތް ރޯދަ ހިފަނީ ނުހިފައި ވާން އޮއްވައެވެ. ނުހިފައި ވާން އޮތް ނަމަވެސް ތިމާގެ ހިތުގައި ﷲ ތަޢާލާއަށް އޮންނަ ލޯބީގެ ބޮޑުކަމުންނެވެ. 

ރަސޫލް (ޞޢވ)ގެ ހަދީޘްފުޅުން އެނގެން އޮތް ގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބިވެތިކަން ބޮޑު ރޯދައަކީ ދާވޫދުގެފާނު ރޯދަ ހިއްޕެވި ފަދައިން ކޮންމެ 2 ދުވަހަކުން އެއް ދުވަހު ރޯދަ ހިފުމެވެ. ނުވަތަ ދާވޫދުގެފާނު ރޯދަ ހިއްޕެވި ފަދައިން ކޮންމެ 2 ދުވަހުން އެއް ދުވަހު ރޯދަ ހިފުމެވެ. 

حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا سُفْيَانُ، عَنْ عَمْرِو بْنِ دِينَارٍ، عَنْ عَمْرِو بْنِ أَوْسٍ الثَّقَفِيِّ، سَمِعَ عَبْدَ اللَّهِ بْنَ عَمْرٍو، قَالَ قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ أَحَبُّ الصِّيَامِ إِلَى اللَّهِ صِيَامُ دَاوُدَ، كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا، وَأَحَبُّ الصَّلاَةِ إِلَى اللَّهِ صَلاَةُ دَاوُدَ، كَانَ يَنَامُ نِصْفَ اللَّيْلِ وَيَقُومُ ثُلُثَهُ وَيَنَامُ سُدُسَهُ ‏"‏‏. 

Allah's Messenger () said to me, "The most beloved fasting to Allah was the fasting of (the Prophet) David who used to fast on alternate days. And the most beloved prayer to Allah was the prayer of David who used to sleep for (the first) half of the night and pray for 1/3 of it and (again) sleep for a sixth of it."

Sahih Bukhari 3420 

ހަމަ އެއާއިއެކު މި ޙަދީޘްފުޅުން އެނގިގެން ދަނީ ﷲ ތައާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ނަމާދަކީ ދަމުނަމާދުކަމެވެ. ޚާއްބަކޮށް ރޭގަނޑުގެ ބައެއްގައި ނިދުމަށްފަހު ހޭލައިގެން ތެދުވެ ފަހު ތިންބައިކުޅަ އެއްބައިގައި ކުރާ ނަމާދުކަމެވެ. 

އަހަރެމެން ކޮންމެ މީހަކު މީހަކުވެސް އެންމެ ބޮޑަށް އެދެނީ ﷲ ތަޢާލާ އާއި ކުއްތަން ވުމަށެވެ. ނަމަވެސް ﷲ ތަޢާލާ އާއި ކުއްތަންވުމަށް ކުރަން ޖެހޭ މިފަދަ އަމަލުތައް ކުރެވޭ ކަމަކަށް ނުވެއެވެ. އެއިގެ މާނައަކީ ދުލުން އެބުނާ ބަހާއި އަމަލު ދިމާނުވުން ނޫން ހެއްޔެވެ؟ ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވުމަށް އެދޭނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލުތައް ކުރުން ގިނަކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


39%
ވ.ރަނގަޅު
13%
ރަނގަޅު
21%
އޯކޭ
26%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް