އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

1 މަސް ދުވަހު ހިފާ ރޯދަ އާ މަސްޖިދުއްނަބަވީގަ ކުރާ ރޭއަޅުކަމަށްވުރެ ލޮބުވެތިކަން ބޮޑުއަޅުކަމެއް ވަރަށް ފަސޭހައިން ކުރެވިދާނެ!

1 މަސް ދުވަހު ހިފާ ރޯދަ އާ މަސްޖިދުއްނަބަވީގަ ކުރާ ރޭއަޅުކަމަށްވުރެ ލޮބުވެތިކަން ބޮޑުއަޅުކަމެއް ވަރަށް ފަސޭހައިން ކުރެވިދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 18 ސިކުންތު

އަހަރެން ކިޔަވަން އުޅުނު ދުވަސްވަރަކީ ބޮސްނިއާގެ މުސްލިމުން އެންމެ ނިކަމެތި ހާލުގައި އުޅުނު ދުވަސްވަރެވެ. އެދުވަސްވަރު އަހަރެންގެ އަމިއްލަ ބޭނުންތައް ނުފުއްދައިވެސް ކޮންމެ ދުވަހަކުވެސް އެންމެ މުސްލިމަކަށް ނަމަވެސް އެހީތެރިކަމެއް ފޯރުވައިދޭން މަސައްކަތްކުރީމެވެ. އަހަރެންނަށް ލިބުނު ހުރިހާ ކާމިޔާއެއްގެ ޙަޤީޤީ ސަބަބަކީ އެއީ ކަމަށް އަހަރެން ޤަބޫލުކުރަމެވެ. ވީމާ މިވާހަކަތައް މިދައްކަނީ އަމިއްލަ ތަޖުރިބާ އާއިއެކުގައެވެ. 

ރަސޫލް (صلى الله عليه وسلم) ޙަދީޘްފުޅު ކުރައްވަވާފައިވަނީ "އެއް މަސް ދުވަހު ރޯދަ ހިފުމާއި އެއް މަސް ދުވަހު ތިމަންކަލޭގެފާނުގެ މިސްކިތްކޮޅު (މަސްޖިދުއްނަބަވީ) ގައި ރޭ އަޅުކަން ކުރުމަށްވުރެ ތިމަން ރަސޫލާ (صلى الله عليه وسلم) ގެ ކުރިފުޅުމަތީގައި ލޮބުވެތިކަން ބޮޑުވެގެންވަނީ" ޙާލުގައި ޖެހިފައިވާ، ކަމަކަށް ބޭނުންވެގެން ހުރި މުސްލިމެއްގެ މުހުތާދު ފުއްދައިދިނުން ކަމަށެވެ. 

ރަސޫލް (صلى الله عليه وسلم) ޙަދީޘްފުޅު ކުރައްވަވާފައިވާ ބަސްފުޅުން އެނގެނީ ހާލުގައި ހުރި މުސްލިމަކަށް އެހީތެރިވެދީ އޭނާގެ ބޭނުންތައް ފުއްދައިދިނުމަކީ މަސްދުވަހު ކުރާ މިހުރިހާ ކަންކަމަށްވުރެ އިތުރު ރަސޫލާ (صلى الله عليه وسلم) ގެ ކުރިފުޅުމަތީގައި ލޮބުވެތިކަން ބޮޑު އަމަލެއް ކަމެވެ. ވީއިރު ޙާލުގައި ޖެހިފައި ހުރި މީހަކަށް އެހީތެރިވުމަކީ ކިހައި މަތިވެރިކަން ބޮޑު އަމަލެއްކަން އެނގިގެން އެބަދެއެވެ. 

މިކަމުން އެނގެނީ ﷲ ތަޢާލާ މީސްތަކުން ދެކެ ލޯބިވެވޮޑިގަންނަވާ މިންވަރެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރެވެ.  

މީސްތަކުންނޭވެ! މީހަކު އެހީއެދިގެން އަންނަންދެން ނުވަތަ އަންނާނެ ކަމަށް މަޑުނުކުރާށެވެ! ހާލުގައި ޖެހިފައިވާ މީހަކު ހޯދަން ނުކުންނާށެވެ! ހޯދައިގެން އެހީތެރިވާށެވެ! ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި ހާލުގައި ޖެހިފައި ތިބި މުސްލިމް އަޚުންނާއި އުޚުތުން ބައިވަރެވެ. އެއިން މީހަކަށް ނަމަވެސް އެހީތެރިވެދޭށެވެ! ފުދުންތެރިކަން ހުރިވަރަކުން އެހީތެރިވާ މީހުންގެ އަދަދު ގިނަކުރާށެވެ!

 

ޝައިޚް ތައުފީޤް ޗައުދްރީގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


25%
ވ.ރަނގަޅު
9%
ރަނގަޅު
28%
އޯކޭ
37%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް