އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ބައިވެރިޔާއަށްވުރެ ފެންނަ މީހުން ރީތިވަނީ ކުރެވޭ އިހްޞާޞްތަކުގެ މައްޗަށް ސިކުޑީގެ ބާރު ނުފޯރުވޭތީ!

ބައިވެރިޔާއަށްވުރެ ފެންނަ މީހުން ރީތިވަނީ ކުރެވޭ އިހްޞާޞްތަކުގެ މައްޗަށް ސިކުޑީގެ ބާރު ނުފޯރުވޭތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

ތިބާއަށް ކުރެވޭ އިހްޞާޞްތަކުގެ މައްޗަށް ސިކުޑީގެ ބާރު ހިންގުމުގެ ޤާބިލުކަން ލިބިގަންނާށެވެ. ނޫން ނަމަ ކުރާ ހުރިހާ ކަމެއް ދާނީ ފޭލްވަމުންނެވެ.   

މިއަދު މުސްލިމުންގެ ގިނަ ބައަކަށް ކުރިމަތިވެފައި މިވަނީ އެ މައްސަލައެވެ. ބަލައިލި ކޮންމެ ދިމާއަކުންހެން ފެންނަނީ ޝައިޠަނީ އަމަލުތަކެވެ. ފެނުމާއިއެކު އިޙްޞާޞްތައް ކެކި އިތުރުއަރައިގަންނަނީއެވެ. އެކަންކަމުގެ މައްޗަށް ސިކުނޑީގެ ބާރެއް ނުފޯރުވެއެވެ. ނަތީޖާއަކަށްވަނީ ދުވެފައިދާ މަހެއް ދަލުގައި ޖެހޭ ފަދައިން ޝައިޠާނާގެ މަޅިފަތީގައި ޖެހުމެވެ. 

އަހަރުތައް ފާއިތުވެ ޒަމާން ފަސްވަމުން އަންނަ ވަރަކަށް މިފަދަ މައްސަލަތައް އިތުރުވާނެކަމުގެ އިންޒާރު ރަސޫލް (صلى الله عليه وسلم) ވަނީ ދެއްވަވައިފައެވެ. އެކަންކަމަށް ސަމާލުކަން ދިނުމަށް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. ވީއިރު ޖެހެވެމުން މިދަނީ ޖެހިގެންވާނެ ދަލެއްގައެއް ނޫނެވެ.  

މިސާލަކަށް ބަލައިލަން ރީތި މީހަކު ފެންނައިރަށް އެމީހަކަށް ޝައުޤުވެރިވާންވީ ކީއްވެގެން ހެއްޔެވެ؟ އެމީހެއްގެ ކިބައިގައި ހުރި ނުބައި ސިފަތައް ބޭރުފުށަކުން ނުފެނޭ ނޫންހެއްޔެވެ؟ ނަމަވެސް ތިބާގެ ބައިވެރިޔާގެ އެތެރެފުށާއި ބޭރުފުށް ތިބާއަށް ވަނީ ފެނިފައި ނޫންހެއްޔެވެ؟ ވީއިރު ބޮޑު "ރިސްކެއް" ނަގައި ގަދަކަނޑެއްގެ ތެރޭގައި ދަތުރު ފަށަންވީ ކީއްކުރަން ހެއްޔެވެ؟

ހަމަ ޔަޤީން ކަމާއިއެކު ބުނަމެވެ. ތިބާގެ ޙަޔާތުގެ ބައިވެރިޔާއަށްވުރެ ފެންނަ މީހުން ރީތިވަނީ ކުރެވޭ އިހްޞާޞްތަކުގެ މައްޗަށް ސިކުޑީގެ ބާރު ނުފޯރުވޭތީއެވެ. 

"ވިދާހައި އެއްޗަކީ ރަން" ކަމަށް ބަލައިގެން ދުނިޔޭގައި އުޅެން މަސައްކަތްކުރާ މީހަކަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. މިއީ އެންމެ ތުއްތު އިރު ސްކޫލްތަކުގައިވެސް ކިޔައިދޭ ވާހަކަތަކެވެ. ވީއިރު ބޮޑުވެ އަމިއްލަ ދިރިއުޅުމުގައި އަމަލު ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ 

ދީނީ ގޮތުން ބަލައިފިނަމަ ﷲ ތަޢާލާ ހަރާމް ކުރައްވަވާފައިވާ ކޮންމެ ކަމެއް ކުރި ނަމަވެސް ފާފަވެރިވެއެވެ. އެ އަމަލެއްގެ ސަބަބުން އެމިހާ ނަރަކަ އާއި ގާތް ކުރެއެވެ. ވީއިރު ދުނިޔޭގެ ކުޑަކުޑަ އުފާކޮޅަކަށްޓަކައި އަމިއްލައަށް ނަރަކައަށް ފުންމައިލަންވީ ކީއްކުރަން ހެއްޔެވެ؟ 

ވީމާ ދެ ދުނިޔެ ކާމިޔާބުކުރަން އެދޭނަމަ ކުރެވޭ އިހްޞާޞްތަކުގެ މައްޗަށް ސިކުޑީގެ ބާރު ފޯރުވާށެވެ! ނޫން ނަމަ ދެ ދުނިޔޭގައި ވެސް ވާނީ ފޭލްއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

އާރޓިކަލް ރޭޓްކުރައްވާ


41%
ވ.ރަނގަޅު
0%
ރަނގަޅު
8%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް