އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިޠުރަތާއިވެސް ޚިލާފް، ހަޑިމުޑުދާރު ފާޙިޝް އަމަލުކުރާ މީހުންގެ ޚަބަރުތަކާ ފޮޓޯތައް ހާމަ ނުކުރަން ޝައިޚް ޢަލީ ޒައިދު އިލްތިމާސް ކުރައްވައިފި!

ފިޠުރަތާއިވެސް ޚިލާފް، ހަޑިމުޑުދާރު ފާޙިޝް އަމަލުކުރާ މީހުންގެ ޚަބަރުތަކާ ފޮޓޯތައް ހާމަ ނުކުރަން ޝައިޚް ޢަލީ ޒައިދު އިލްތިމާސް ކުރައްވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

"ފިޠުރަތާއިވެސް ޚިލާފް، ހަޑިމުޑުދާރު ފާޙިޝް އަމަލުކުރާ މީހުންގެ ޚަބަރުތަކާ ފޮޓޯތައް ޝެއާ  ނުކުރެއްވުން އެދެމެވެ. ނޫސްވެރިންނޭވެ! ހެޔޮނުވާނެއެވެ! މިފަދަ ޚަބަރުތައް ޝެއަ ނުކުރާށެވެ! ނޫސްވެރިންނަސް ވުމުގެ ކުރިއަށް ތިއައީ އިސްލާމުންނެވެ. ވީމާ އިސްލާމީ އުޞޫލުތަކަށް އިހްތިރާމް ކުރާށެވެ!"

- ޝައިޚް ޢަލީ ޒައިދު 

ނޫސްވެރިން ކަމަށް މިއަދު ވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކުގައި މަސައްކަތްކުރާ މީހުން އެކަންޏެއް ނޫނެވެ. ސްމާޓް ފޯނެއް އަތުގައި އޮތް ކޮންމެ މީހަކީވެސް މިހާރު ނޫސްވެރިއެކެވެ. އެހެންކަމުން މިއީ ސޯޝަލް މީޑިއާގައި ޙަރަކާތްތެރިވާ އެންމެންނަށް ކުރައްވާފައިވާ އިލްތިމާސެއް ކަމަށް ބެލެވެއެވެ. 

ފައިސާގެ ދަހިވެތިކަމުގައި، ޝައިޚް ޢަލީ ޒައިދު ފާހަގަކުރައްވާފައިވާ "ފިޠުރަތާއިވެސް ޚިލާފް، ހަޑިމުޑުދާރު ފާޙިޝް އަމަލުކުރާ މީހުން" ރާއްޖޭގައި އަބަދުވެސް އުޅެއެވެ. ނަމަވެސް އެފަދަ މީހުން ނިމިގެން ގޮސްފައިވަނީ ޢިބްރަތުން ފުރިގެންވާ ފަދަ ގޮތަކަށެވެ. 

އެފަދަ ގޮތްގޮތަށް ފައިސާ ހޯދައިގެން ރިޒޯޓްތައް ގަނެ، ސަފާރީ އުޅަނދު ބަނދެ، ގެސްތް ހައުސް އެޅި މީހުންގެ މިއަދުގެ މާލީ ޙާލަތަށް ބަލައިލުމުން އެކަނިވެސް ޢިބްރަތަކަށް ފުދޭނެއެވެ. މީގެ އިތުރުން ރާއްޖޭގައި އުޅުނު މުއްސަނދިންގެ ތެރެއިން އެފަދަ ކަންކަމަށް ޚަރަދުކޮށް އުޅުނު މީހުންގެ ނިމުން އައި ގޮތާއިމެދު ވިސްނައިލި ނަމަވެސް ގިނަ ފިލާވަޅުތަކެއް ލިބިގެންދާނެއެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް