އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާފުށި ފަސް މިލިއަން ޑޮލަރަށް ވިއްކާލަނީ!

ރާފުށި ފަސް މިލިއަން ޑޮލަރަށް ވިއްކާލަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު

ސްރީލަންކާގެ އެއިޓްކެން ސްޕެންސް ހޮޓެލްސް ހޯލްޑިންގްސްއިން ރިސޯޓު ހެދުމަށް ކުއްޔަށް ނަގާފައިވާ ނ. ރާފުށި ވިއްކާލުމަށް ނިންމައިފިއެވެ.

 

އެއިޓްކެން ސްޕެންސް ހޮޓެލްސް ހޯލްޑިންގްސްގެ ފައިނޭންޝަލް ރިޕޯޓަކާއި ހަވާލާދީ ސްރީލަންކާގެ ވިޔަފާރި ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއިޓްކެން ކުންފުނީގެ ސަބްސިޑަރީއެއްކަމަށްވާ އެއިޓްކެން ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއިން ރާފުށި ވިއްކާލުމަށް ނިންމާފައިވަނީ 5.38 މިލިއަން ޑޮލަރަށެވެ.

 

މިކުންފުނިން ރިސޯޓު ތަރައްޤީކުރުމަށް ރާފުށި ކުއްޔަށް ހިފާފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ތިން އަހަރުގެ ތެރޭގައި ރިސޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމާ 250 ކޮޓަރި ރިސޯޓުގައި ތަރައްޤީކުރުމަށް އޭރު ހަމަޖެހިފައި އޮތް ނަމަވެސް މި ރަށުގައި އެއްވެސް މަސައްކަތެއް ކޮށްފައެއްނުވެއެވެ.

 

އެކުންފުނީގެ ފައިނޭންޝަލް ރިޕޯޓުގައިވާ ގޮތުން އެކުންފުނިން މި ރަށް ވިއްކާލުމަށް ނިންމާފައިވަނީ ރިސޯޓު ކޮންސްޓްރަކްޝަންގެ ބަދަލުގައި ރިސޯޓުތައް މެނޭޖްކުރުމަށް އިސްކަންދޭން ނިންމާފައިވުމާއެކުވެ. އެގޮތުން ކޮންސްޓްރަކްޝަންގެ ސިނާއަތް ދޫކޮށް، ކޮންޓްރެކްޓް މެނޭޖްމެންޓާއި ދިމާލަށް ކުންފުނިން ދިއުމަށް ވިސްނާފައިވާކަމަށް އައިޓްކެން ކުންފުނީގެ މި ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މިއަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، އިންޑިއާ އަދި އޮމާންގައި ޕްރޮޕަޓީތައް ހިންގުމުގެ މަސައްކަތްކުރާނެކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.

 

އައިޓްކެން ކުންފުނިން ރާއްޖޭގެ 6 ރަށެއް ކުއްޔަށް ހިފާފައިވާއިރު މިހާރުވެސް އަދާރަން އަދި ހެރިޓެންސް ބްރޭންޑްގެ ދަށުން އާރަށް އަދި ހުދުރަންފުށީގައި މި ކުންފުނިން ރިސޯޓުތައް ހިންގަމުންދެއެވެ.

 

ނ.ރާފުށްޓަކީ 45.25 އޭކަރުގެ ބިމެއް އޮންނަ ރަށެކެވެ. މި ރަށަކީ ދަނޑުވެރިކަމުގެ މަޤްސަދަށް އޭރު ސަރުކާރުން ވަރުވާއަށް ދިން ރަށެކެވެ. އެހެންނަމަވެސް، ނ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ވަނީ މި ރަށް އެއިޓްކެން ކުންފުންޏާއި ކުއްޔަށް ހަވާލުކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ