އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

175 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިވެއްޖެ!

175 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

175 މީހުންނާއެކު ތ. އަތޮޅުން ދަތުރު ކުރަމުންދިޔަ ލޯންޗެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިވެއްޖެއެވެ.

މިކަމާގުޅިގެން އެމްއެންޑީއެފް އިން ބުނެފައިވަނީ ތ.އަތޮޅުން ފުރައިގެން މާލެ އަށް ދަތުރުކުރި "އޯޝެން 20" ނަމަކަށް ކިޔާ މި ފެރީ ލޯންޗު ހުއްޓިފައިވަނީ ވ.ދިއްގަލުވަށި ފަޅުގެ ހުޅަނގުން އެއް ނޯޓިކަލް މޭރު ބޭރުން ކަމަށެވެ. އަދި ލޯންޗުގެ އިންޖީނު ހުއްޓުނީ ތެޔޮ ހުސްވެގެންކަމަށެވެ.

ލޯންޗުގައި ތިބި އަންހެނުންނާއި، ކުޑަ ކުދިން އަދި ދުވަސްވީ މީހުން އެމްއެންޑީއެފް ކޯސްޓު ގާޑު ސީއެމްބިއުލާންސް ގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު