އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިޔާވެފަ އޮތީ ފުޓްބޯޅަ ކުޅުންތެރިޔާ ބަގޭ!

ނިޔާވެފަ އޮތީ ފުޓްބޯޅަ ކުޅުންތެރިޔާ ބަގޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

މިއަދު ހެނދުނު މައްޗަންގޯޅި ކުދިރަތްމާ ގޯޅި ތެރޭގައި ހުރި ގެއަކުން ނިޔަވެފައި އޮއްވާ ފެނިފައިވަނީ ޓީސީ ސްޕޯޓްސް ކްލަބަށް އުޅުނު އިބްރާހިމް ރިޟްވާން (ބަގޭ) އެވެ.

އުމުރުން 33 އަހަރުގެ ބަގޭއަކީ މީގެކުރިން ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ވެސް ކުޅުނު ކުޅުންތެރިއެކެވެ. އެންމެ ފަހުން އޭނާ ފެނިގެންދިޔައީ ވެލެންސިއާއިން މިދިޔަ ސީޒަނުގައެވެ. ވެލެންސިއާ ރެލިގޭޓްވިފަހުން އޭނާ ފުރަތަމަ ޑިވިޝަންގެ ކްލަބަކުން ފެނިފައެއް ނުވެއެވެ.

ބަގޭ ނިޔާވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 6:25 ގައެވެ.

ބަގޭގެ ކުއްލި މަރާއެކު، ފުޓުބޯޅަ އާއިލާގެ ފަރާތްތަކުން އަންނަނީ އޭނާގެ ހަނދާންތައް އާކުރަމުންނެވެ.

 

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ