އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައިފަރު ޕޮލިސް ވެޓަރަންސް ފުޓްސަލް 2019ގެ ޗެމްޕިއަންކަން ސޮކަރ ސްޓަރ ހޯދައިފި

ނައިފަރު ޕޮލިސް ވެޓަރަންސް ފުޓްސަލް 2019ގެ ޗެމްޕިއަންކަން ސޮކަރ ސްޓަރ ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ބޭއްވި ވެޓަރަންސް ފުޓްސަލް 2019 ގެ ޗެމްޕިއަންކަން ސޮކަރސްޓަރ ހޯދައިފިއެވެ.

ސޮކަރސްޓަރ ޗެމްޕިއަންކަން ހޯދީ އޮގަސްޓް 16 ވަނަ ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗުގައި އައި ވޭވް އާ ވާދަކޮށް 5-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ސޮކަރސްޓަރގެ ޖާޒީ ނަންބަރު 16، އިސްމާއީލް މުޙައްމަދުއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ސޮކަރސްޓަރގެ  ޖާޒީ ނަންބަރު 12، ޙުސައިން އިމްތިޔާޒް އާއި ސޮކަރ ސްޓަރގެ ޖާޒީ ނަންބަރު 16، އިސްމާޢީލް މުޙައްމަދު އާއި ސޮކަރ ސްޓަރގެ ޖާޒީ ނަންބަރު 23، ޝައުކަތު ޒަކަރިއްޔާ އާއި ޓީމް ސައުތު އީސްޓް ބީޗުގެ ޖާޒީ ނަންބަރު 5، އިސްމާޢީލް އަނިލް އަދި އައި ވޭވްގެ ޖާޒީ ނަންބަރު 9، އާދަމް ލަރީފްއެވެ.މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ފަތިސް އެފްސީއެވެ. އަދި މި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ސޮކަރ ސްޓަރގެ ޖާޒީ  ނަންބަރު 12، ޙުސައިން އިމްތިޔާޒްއެވެ.

އޮގަސްޓް މަހުގެ 8 ން 16 އަށް ނައިފަރު ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ ހަ ޓިމަކުން ބައިވެރިވެފައިވެއެވެ.  "ނައިފަރު ޕޮލިސް ވެޓަރަންސް ފުޓްސަލް 2019" ގެ ނަމުގައި ކުރިއަށްދިޔަ މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީއަށް ދާގޮތަށެވެ.މިއަަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 9000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު ރަނަރަޕް ޓީމަށް 3000 ރުފިޔާގެ އިނާމެއް ދީފައިވެއެވެ.  ފައިނަލް މެޗު ނިމުމުން އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ މުބާރާތް ހިންގުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށްވަނީ ހަނދާނީ ލިޔުުން ހަވާލުކޮށްފައެވެ.

“ވެޓަރަންސް ފުޓްސަލް 2019  އަކީ ނައިފަރު ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން، ޅ. އަތޮޅުގައި ތިބި 35 އަހަރުން މަތީގެ ފިރިހެން ބޭފުޅުންނަށް ހާއްސަ ކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ނައިފަރުގައި  ބާއްވަމުން އަންނަ ކާމިޔާބު މުބާރާތެކެވެ. އަދި މު މުބާރާތަކީ “ދުޅަހެޔޮ މުޖުތަމަޢުއެއް – ކުށްމަދު ވެށްޓެއް” މިޝިއާރުގެ ދަށުން ރައްޔިތުުންނާއި ގުޅިގެން ކުށްމަދު ކުރުމުގެ މަޤްޞަދުގައާއި ޅ. އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނާއި ޅ. އަތޮޅުގައި ޤާއިމްކުރެވިފައިވާ ސަރުކާރު މުއައްސަސާތަކާއި ރިސޯޓްތަކާއި އިންޑަސްޓްރިއަލް މަސައްކަތްކުރާ ކުންފުނިތަކާއި އޮންނަ ގުޅުން ބަދަހިކޮށް މުޖުތަމަޢު ހޭލުންތެރިކުރުމުގެ މަޤުޞަދުގައި ބާއްވަމުން އަންނަ މުބާރަތެކެވެ.  މި މުބާރާތަކީ ޅ. އަތޮޅުގެ ރިސޯރޓްތަކާއި ނައިފަރުގައިހުރި ސަރުކާރު އިދާރާތަކާއި ޅ. އަތޮޅުގެ ވިޔަފާރިވެރިންގެ ދީލަތި އެހީތެރިކަމާއިއެކު ބާއްވަމުން އަންނަ މުބާރާތެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ