އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ވާރގޯ 9" ގެ ކެޕްޓަން ރާއްޖެ ދޫކޮށް ދިޔުން މަނާ ކޮށްފި!

"ވާރގޯ 9" ގެ ކެޕްޓަން ރާއްޖެ ދޫކޮށް ދިޔުން މަނާ ކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން އިންޑިއާ އަށް އެރުމަށް މަސައްކަތް ކުރައްވަނިކޮށް އިންޑިއާ ފުލުހުން ހިފެހެއްޓި "ވާރގޯ 9" ޓަގް ބޯޓުގެ ކެޕްޓަން، ރާއްޖެ ދޫކޮށްދިޔުން ފުލުހުން މަނާ ކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ޓަގު ބޯޓުގެ ކެޕްޓަން ރާއްޖެއިން ފުރައިގެން ދިޔުން މަނާކޮށް، އެމައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ސިންގަޕޫރް ގައި ރެޖިސްޓްރީ ކޮށްފައިވާ ވާރގޯ 9 ޓަގް ބޯޓު، އިންޑިއާ ފުލުހުން ހިފެހެއްޓިއިރު އެބޯޓުގައި އަދީބުގެ އިތުރުން ނުވަ ފަޅުވެރިއަކު ތިއްބެވެ.
ފިއްލަވައިގެން އިންޑިއާ އަށް އަރަން އުޅެނިކޮށް އިންޑިއާ ފުލުހުން އަދީބު ހައްޔަރު ކުރުމަށްފަހު ދިވެހި ފުލުހުންނާއި ހަވާލު ކުރިއެވެ. އަދި މިމަހުގެ ހަތަރު ވަނަ ދުވަހު އަދީބު އެނބުރި ރާއްޖެ އައިސްފައިވާއިރު، އޭނާގެ މައްޗަށް ދައުލަތުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ޝަރީޢަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ނަމަވެސް ދޫނިދޫ ޖަލުގައި ހުންނަވަނިކޮށް ހޭނެތިގެން ވެއްޓުމުގެ ސަބަބުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭނާ ވަނީ އައިޖީއެމްއެޗް އަށް ބޭސްފަރުވާއަށް ގެނެސްފައެވެ. އަދި ވެސް އަދީބު އޮންނެވީ އެހޮސްޕިޓަލުގެ އޮބްޒަވޭޝަން ގައި ކަމަށާއި އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް ގެ މީޑިއާ އޮފިޝަލް ވިދާޅޔވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ