އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއިން ކަނޑުމަސް އެކްސްޕޯޓް ކުރި މިންވަރު ދަށަށް ހިނގައްޖެ!

ރާއްޖެއިން ކަނޑުމަސް އެކްސްޕޯޓް ކުރި މިންވަރު ދަށަށް ހިނގައްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 39 ސިކުންތު

މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރާއްޖެއިން ކަނޑު މަސް އެކްސްޕޯޓްކުރި މިންވަރު ދަށްވެއްޖެއެވެ.

 

އެމްއެމްއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރާއްޖެއިން ކަނޑު މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ 0.5 އިންސައްތަ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 33 ހާސް މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކުރިއިރު، މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެކްސްޕޯޓްކޮށްފައިވަނީ 32 ހާސް މެޓްރިކް ޓަނުގެ މަހެެވެ.

 

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި 32 ހާސް މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ތާޒާ އަދި ފިނިކުރި ކަޅުބިލަ މަހެވެ. އެގޮތުން ތާޒާ އަދި ފިނިކުރި ކަޅުބިލަ މަހުގެ 17.2 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު އެކްސްޕޯޓް 20 މެޓްރިކް ޓަނަށްވުރެ 3.3 އިންސައްތަ މަދު އަދަދެކެވެ. ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ރީނދޫ އުރަހަ ކަންނެއްޏެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 9.5 މެޓްރިކް ޓަނުގެ ތާޒާ އަދި ފިނިކުރި ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެމުއްދަތުގައި އެކްސްޕޯޓްކުރި 7.3 މެޓްރިކް ޓަނުގެ މަހަށްވުރެ އިތުރު އަދަދެކެވެ.

 

ކަޅުބިލަ މަހާއި ކަންނެލި ނޫން ބާވަތްތަކަށް ބަލާއިރު، ފަރުމަހާއި އެހެނިހެން ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓްކުރި މިންވަރު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ފަރުމަހާއި އެހެނިހެން ކަނޑުމަހުގެ ބާވަތްތައް ހިމެނޭ ގޮތަށް އެއް ހާސް އެއް ސަތޭކަ މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާއިރު، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ވަނީ މިއަދަދު 6 ސަތޭކަ މެޓްރިކް ޓަނަށް ވެއްޓިފައެވެ.

 

ނަމަވެސް އެކި ގޮތްގޮތަށް ޕެކެޓާއި ދަޅުގައި ބަންދުކޮށްފައި މަސް އެކްސްޕޯޓްކުރި މިންވަރަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެކްސްޕޯޓްކުރި މިންވަރު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 29 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އެމުއްދަތުގައި ތިން ހާސް ފަސް ސަތޭކަ މެޓްރިކްޓަނަށްވުރެ ގިނައިން އެކްސްޕޯޓްކޮށްފައިވާއިރު، މިއަހަރު އެ އަދަދު އުޅެނީ ހަތަރު ފަސް ސަތޭކަ މެޓްރިކް ޓަނަށްވުރެ މަތީގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ