އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢާއިލީ މައްސަލަތަކަކީ ކުޑަ ކަމެއް ކަމަށް ބަލައި ދެފަރާތުގެ އަޑު ނާހައި އެއްވެސް ކަމެއްގަ ޙުކުމް ކޮށްގެން ނުވާނެ!

ޢާއިލީ މައްސަލަތަކަކީ ކުޑަ ކަމެއް ކަމަށް ބަލައި ދެފަރާތުގެ އަޑު ނާހައި އެއްވެސް ކަމެއްގަ ޙުކުމް ކޮށްގެން ނުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ޢާއިލީ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ ލަފައަކަށް ގިނަ ބައަކު އެދެއެވެ. އަދި ކަން ނިންމަން އެންމެ ރަނގަޅު ގޮތުގެ ޙުކުމަކަށްވެސް އެދެއެވެ. އެ ހާލަތުގައި ލަފައެއް ދިނުމާއި ޙުކުމެއް ކުރުމަކީ މުޅިން ތަފާތު ދެކަމެކެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ.

އެކަކު ބުނާ ބުނުމެއްގެ މައްޗަށް ލަފައެއް ދޭނަމަ އަހަރެން އަބަދުވެސް ބުނަމެވެ. މިލަފާ މިދެނީ ތިބާ ބުނެފައިވާ ބުނުންތަކަކީ ޙަޤީޤަތަކަށް ވެދާނެ ކަމަށް ބަލައިގެންނެވެ. ހަޤީޤަތަކަށް ނުވާނަމަ މިއީ ބާޠިލް ލަފައެކެވެ. އަދި މިއީ ޙުކުމެއް ނޫނެވެ. ހަމައެކަނި ލަފައެކެވެ. ލަފަ އާއި ޙުކުމަކީ މުޅިން ތަފާތު ދެ އެއްޗެކެވެ.

ޢާއިލީ މައްސަލަތަކަކީ މާބޮޑު ކަމަކަށް ނުހަދައި އެއް ފަރާތުގެ ވާހަކަ އަޑުއެހުމަށްފަހު ބައެއް މީހުން ވަރަށް ފަސޭހައިން ޙުކުމް ކުރެއެވެ. ނަމަވެސް އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެހެނީ ޢާއިލީ މައްސަލަތަކަކީ އެއިގެ މައްޗަށް އެތައް ބައެއްގެ ދިރިއުޅުން ބިނާވެގެންވާ ވަރަށް ބޮޑެތި މައްސަލަތަކެވެ. ނުރަނގަޅު ޙުކުމެއް ނެރެވިއްޖެ ނަމަ މުޅި ޢާއިލާ ތެރޭގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފާނެ ކަމެކެވެ. އެހެންކަމުން އެއީ ކުޑަކަމެއް ކަމަށް ހަދައިގެން ނުވާނެއެވެ.

ޢާއިލާއަށް ލިބޭ ގެއްލުން ފޫބެއްދުމަކީ ފަސޭހަކަމަކަށް ނުވާތީ އެވެ. މާފުކުރުމަކީ ކިތަންމެ ރަނގަޅު ސިފައެއް ނަމަވެސް އަދި ކޮންމެހެން ކުރަން ޖެހޭ ކަމެއް ނަމަވެސް މާފުކުރުމަކީ ގިނަ ބައަކަށް މިއަދު އެހައި ފަސޭހަ ކަމެއް ނޫނެވެ. ވީމާ ކިތަންމެ ކުޑަ ރެނދެއްލީ ނަމަވެސް ގިނަ ފަހަރު އެ ރެނދު ފޭވެ ބެއްދުން އޮންނަނީ ފަސޭހަ ކަމަކަށް ނުވެފައެވެ.

ޢާއިލީ ކަމެއްގައި ނަމަވެސް މީހަކަށް ލަފައެއް ދިން ނަމަވެސް ޙުކުމެއް ކުރި ނަމަވެސް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ނުވަތަ އުފެދިދާނެ ހަމަނުޖެހުމަކާއިމެދު ވަރަށް ބޮޑަށް ވިސްނަންވާނެއެވެ! ވީމާ ބަހެއް ބުނަން އުނދަގޫވާ ހާލަތުގައި ހަނުހުންނާށެވެ! އެގޮތް މާރަނގަޅެވެ.

ހަމަ އެއާއިއެކު ލަފައެއް ދިނުމުން ލަފާ ޤަބޫލު ނުކުރާނެ ނަމަ ލަފައަށް ނުއެދޭށެވެ! ލަފައަށް އެދެން ޖެހޭނީ ލަފާ ލިބުމުން ޤަބޫލުކޮށް އަމަލުކުރާނެ ނަމައެވެ. މާނައަކީ ލަފައަށް އެދެން ޖެހޭނީ ތިމާ އެވަރަށް އިތުބާރުކުރެވޭ މީހުންގެ ގާތުން ކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް