އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްވެރިކަމުގެ ބިލަށް ވަރަށް ގިނަ އިސްލާޙުތަކެއް ގެންނަންޖެހޭ: މެމްބަރުން

މަސްވެރިކަމުގެ ބިލަށް ވަރަށް ގިނަ އިސްލާޙުތަކެއް ގެންނަންޖެހޭ: މެމްބަރުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

މަސްވެރިކަމުގެ ބިލަށް ކޮމިޓީ މަރުހަލާއިން ވަރަށްގިނަ އިސްލާޙްތަކެއް ގެންނަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ. 

މަސްވެރިކަމުގެ ސިނާއަތައް ޤާނޫނީ ބާރުވެރިކަން ހޯދައި، މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާގުޅޭގޮތުން ވާހަކަފުޅުދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ ބިލުގައި އިސްލާޙް ގެންނަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. 

ބިލަށް ވާހަކަ ދެއްކެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މިބިލުން ވަރަށް ސާފުކޮށް މަހައް ލިބޭނެ ހަމަ އަގާއި، މަސްވެރިކަމުން ފުރިހަމަ ނަފާ ލިބޭނެ އުސޫލުތަކާއި، މަސްވެރިންނަށް ޕެންޝަން ލިބޭނެ އުސޫލުތަކާއި، އަންހެނުންނަށް މަސްވެރިކަމުގައި ހަރަކާތްތެރިވެވޭ ގޮތް ސާފުކޮށް ބަޔާން ކުރަންޖެހޭކަމަށެވެ. އަންހެނުންނަކީ މިއަދު މަސްވެރިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ އެއްބަޔަށްވާއިރު، މިބިލުން ފިރިހެން ބޭފުޅުންނެކޭ އެއްގޮތަށް އަންހެން ބޭފުޅުންނަށްވެސް މަސްވެރިކަމުގެ ނަފާ ލިބޭގޮތަށް ބިލު ފަރުމާކުރެވެން ޖެހޭކަމަށް ވެސް އީވާ ވިދާޅުވިއެވެ. 

މިބިލަށް ވާހަކަ ދެއްކެވި މިނިވަން މެމްބަރުންނާއި އިދިކޮޅު މެމްބަރުންވެސް ވަނީ ބިލަށް ބޮޑެތި އިސްލާހު ތަކެއް ގެންނަން ޖެހޭކަމަށް ވާހަކަ ދައްކަވާފައެވެ. ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ރާއްޖޭގައި ދިމާވެފައިވާ މައްސަލަޔަކީ ތަންފީޒީ މަރުހަލާ ތަކުގެ މައްސަލައެއްކަމަށެވެ. މަޖިލީހުން ޤާނޫނު ފާސްކުރި ނަމަވެސް ތަންފީޒު ކުރަން ހަވާލުކުރާ ފަރާތްތަކުން އެކަން ނުކުރާ ކަމީ ފާއިތުވެދިޔަ ސަރުކާރު ތަކުގައިވެސް ދިމާވި އެންމެ ބޮޑު މައްސަކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ