އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަލި މީހަކަށް އެހީތެރި ނުވެވި އުޅެނިކޮށް ބަލިމީހާ މަރުވެއްޖެ ނަމަ އެހީތެރި ނުވި މީހާއަށް ލިބޭ ގެއްލުން މާބޮޑު!

ބަލި މީހަކަށް އެހީތެރި ނުވެވި އުޅެނިކޮށް ބަލިމީހާ މަރުވެއްޖެ ނަމަ އެހީތެރި ނުވި މީހާއަށް ލިބޭ ގެއްލުން މާބޮޑު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ދީލަތި ކަމާއިއެކު އެހީތެރިވެދޭ މީހުންނަށް އެހީއަށް އެދި ގިނަ ސިޓީޓައް ލިބޭނެއެވެ. ބައެއް މީހުންނަށް ސިޓީތައް ލިބޭ ގިނަކަމުން ސިޓީ ނުކިޔައި އެތައް ދުވަހެއް ފާއިތުވެގެންދެއެވެ.  ސިޓީ ކިޔައި ނުލެވިގެން އުޅެނިކޮށް އެހީއަށް އެދުނު ބަލި މީހާ އެބަ މަރުވެސް ވެއެވެ. މިކަންކަމަކީ ހަނގަމުން ދާ ކަންކަމެވެ.  

މަރުވެގެން އެދިއައީ ތިބާގެ އެހީތެރިކަން ލިބުނު ނަމަ ދުނިޔޭގައި ހުންނާނެ މީހަކަށްވެފައި ތިބާގެ އަމިއްލަ އިހްމާލުން އޭނާގެ ސިޓީ ނުކިޔައި އޮއްވާ އޭނާ މަރުވެއްޖެ ނަމަ ދެރަ ނުވާނީ ކާކުހެއްޔެވެ؟ އެހެނީ އޭނާއަށް އެހީތެރިވެދެވުނު ނަމަ، އޭނާގެ ފުރާނަ ސަލާމަތްކުރަން އެހީތެރިވެދެވުނު ނަމަ އެމީހަކު ވެގެންދާނީ މުޅި އިންސާނިއްޔަތުގެ ފުރާނަ ސަލާމަތްކުރި ފަދަ މީހަކަށެވެ. އެކަމަށް ދެއްވަވާނެ ގިނަ ގުނަ ސަވާބާއި ދަރުމަ ހިތަށް ވެސް ގެނެވޭނެ ހެއްޔެވެ؟  

ވީމާ ގެއްލިގެން އެދިއައީ ބަލިމީހާގެ ފުރާނަ ނަމަވެސް ސިޓީ ނުކިޔުމުން ތިމާއަށް ލިބުނު ގެއްލުން މާބޮޑު ނޫންހެއްޔެވެ؟ ގެއްލިގެން އެދިއައީ މުޅި އިންސާނިއްޔަތުގެ ފުރާނަ ސަލާމަތްކުރި ފަދަ މީހަކަށް ވުމުގެ ފުރުޞަތު ނޫން ހެއްޔެވެ؟ އެއީ ބުއްދި ސަލާމަތުން ހުރި ހަމަ އެކަކުވެސް ދޫކޮށްލަން ބޭނުންވާނެ ފުރުޞަތެއް ނޫނެވެ. މިކަންކަން ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ. ހިތާމައަކީ އަމަލު ނުކުރާކަމެވެ.  

އަދިވެސް ބުނެލަން ބޭނުމެވެ. އެހީއަށް އެދޭ އެންމެންނަށް އެހީ ނުވެވުނު ނަމަވެސް އެންމެންގެ ސިޓީތައްވެސް ކިޔަން މަސައްކަތްކުރަންވާނެއެވެ. ލިބޭ ސިޓީތައް ގިނަވެ ކޮންމެ ދުވަހަކު ލިބޭ ހުރިހާ ސިޓީތައް ކިޔަންވެސް އުނދަގޫވެދާނެއެވެ. އެ ހާލަތުގައި އަހަރެންގެ ނަޞޭޙަތަކީ ސިޓީތައް ލިބޭ ތަރުތީބުން ސިޓީތައް ކިޔަމުން ގެންދިއުމެވެ. އީމޭލުން ނަމަވެސް ލިބޭ ތަރުތީބުން ކިޔައި ޖަވާބު ދެމުން ގެންދިއުމެވެ. އެގޮތަށް އެކަން ކުރަމުން ގެންދާއިރުވެސް ޚާއްޟަ ޙާލަތެއްގައި މީހަކު ހުރިކަން އެނގިއްޖެނަމަ އެމީހެއްގެ ސިޓީ ކިޔުމަށް އިސްކަންދޭން ވާނެއެވެ.  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް