އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުވުމުގެ ވާހަކަ އަޑުއަހަން ބޭނުންވާ މީހުންނާއި ބޭނުން ނުވާ މީހުންގެ ތަފާތު ވަރަށް ބޮޑު!

މަރުވުމުގެ ވާހަކަ އަޑުއަހަން ބޭނުންވާ މީހުންނާއި ބޭނުން ނުވާ މީހުންގެ ތަފާތު ވަރަށް ބޮޑު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު

މަރުވުމުގެ ވަގުތަކީ ވަރަށް އާދައާއި ޚިލާފް ވަގުތެކެވެ. މަރުގެ މަލާއިކަތާ ލޮލަށް ފެނުމާއި މަރު ހިއްޕެވުމާއި ދެމެދުގައި ފާއިތުވެގެންދާ މަދު ސިކުންތުކޮޅުގެ ތެރޭގައި ތިބާއަށް ކުރިނަ ނުފެންނަ އެތައް ގިނަ ކަންތައްތަކެއް ފެނިގެންދާނެއެވެ. ތިބާއަށް ދުނިޔޭގައި އުޅުނު އިރު ނުދައްކަވާ އެތައް ގިނަ ކަންތައްތަކެއް ދައްކަވާނެތެވެ. ޣައިބުގައިވާ އެތައް ބައިވަރު ކަންތައްތަކެއް ވެސް ފެނިގެންދާނެއެވެ. 

ނަމަވެސް އެއިން އެއްވެސް ބަޔާންކުރުމުގެ ކުޅަދާނަކަން އެއްވެސް މީހަކަށް ނުލިބޭނެއެވެ. ބަލަން އޮތުން ނޫން އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެންމެ ކުޑަމިނުން ޝަހާދަތް ކިޔައިލެވޭނީވެސް ދުނިޔޭގައި ޝަހާދަތް ކިޔައި އުޅުނު މީހަކަށެވެ. 

މަރުވާ މީހުންނަށް ބަލައިފިނަމަ އެންމެންގެ ކަޅި މައްޗަށް ހުއްޓިފައި ހުންނަތަން ފެންނާނެއެވެ. އެއީ ދިރިތިބި މީހުން ޢިބްރަތް ޙާޞިލުކުރުމަށް ދައްކަވާ ފިލާވަޅެކެވެ. އޭނާގެ ކަޅި މައްޗަށް ހުއްޓިފައި އެހުންނަނީ އޭނާގެ ފުރާނަ ހިއްޕަވައިގެން މަލާއިކަތުން އުޑަށް އަރާވަޑައިގަންނަވާތަން އޭނާއަށް ފެންނާތީއެވެ.  

އަހަރެމެންގެ ތެރެއިން ބައެއް މީހުން މަރުވުމުގެ ވާހަކަތައް އަޑުއަހަން ބޭނުމެއް ނުވެއެވެ. އެމީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ މަރުވުމަށް އަދި ވަރަށް ގިނަ ދުވަސް އެބަ އޮތް ކަމަށެވެ. އެހެންކަމުން މަރުވުމުގެ ވާހަކަތައް އަޑުއެހުމަކީ އަދި ތަންކޮޅެއް ފަހުން ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. 

ނަމަވެސް އަނެއް ބައަކު އަބަދުވެސް މަރުގެ ވާހަކަތައް އަޑުއަހަން ބޭނުންވެއެވެ. މަރުވުމުން ކުރިމަތިވާނެ ކަންކަމުގެ މައުލޫމާތު އެނގެން ބޭނުންވެއެވެ. މަރުވުމުން ކުރިމަތިވާނެ މައްސަލަތަކުން ސަލާމަތްވާން ބޭނުންވެއެވެ. އެކަމަށް  ގަދައަޅައި މަސައްކަތް ކުރަން ޝައުޤުވެރިވެއެވެ. 

މިދެބާވަތުގެ މީހުންނަށް ބަލާއިރު މަރުވުމުގެ ވާހަކަތައް އަޑުއަހަން ބޭނުން ނުވަނީ އީމާންކަން ފުރިހަމަނުވާ މީހުންނެވެ. މަރާއިމެދު ޣާފިލުވެގެން ތިބި މީހުންނެވެ. މިފަދަ ގިނަ މީހުން ނިމިގެންދާނީ ވެސް އެ ޣާފިލުކަންމަތީގައެވެ. ހަމަ އެފަދައިން މަރުގެ ވާހަކަތައް އަޑުއަހަން ބޭނުން ވަނީ ފިރިހަމައަށް އީމާނަވެގެން ތިބި މީހުންނެވެ. ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމާއި ދުނިޔެ ދޫކޮށް ދާން ޖެހިދާނެކަން ހިތުގެ އަޑިން ޤަބޫލުކޮށްގެން ތިބި މީހުންނެވެ.

މީސްތަކުންނޭވެ މަރުވުމުގެ ވާހަކަތައް ގިނަގިނައިން އަޑުއަހާށެވެ! އެކަމުން ކުރާނެ ފައިދާ ވަރަށް ބޮޑެވެ! އެކަމުގެ ސަބަބުން ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން އިތުރުވާނެއެވެ. ގިނައިން އަޑުއެހިވަރަކަށް ޝައުޤުވެރިކަން ދާނީ އިތުރުވަމުންނެވެ. އެކަން ވެގެންދާނީ ތިބާ ނަރަކައިން ސަލާމަތްކޮށްދޭނެ ބާރަކަށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް