އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންސާނާގެ އަމަލުތަކުގެ ތެރެއިން ފަތުގައި ނުލިޔުއްވަވައި ޖަޒާ ދެއްވަވާ މަތިވެރި އަމަލު - ކުރެވޭތަ؟

އިންސާނާގެ އަމަލުތަކުގެ ތެރެއިން ފަތުގައި ނުލިޔުއްވަވައި ޖަޒާ ދެއްވަވާ މަތިވެރި އަމަލު - ކުރެވޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ޤިޔާމަތް ދުވަހު މިސްތަކުންގެ ފަތްތައް އެމީހުންނާއި ދިމާއަށް އަންނާނެ ވަގުތަށް ބިރުވެތިވާށެވެ. އަބާއްޖަވެރިންނަކީ އެމީހެއްގެ ފަތް އެމީހެއްގެ ވައަތަށް ލިބޭ މީހުންނެވެ. އެހެންކަމުން ބައެއް މީހުންގެ ފަތް ފުރަގަހުން އަންނަތަން ފެނުމުން ކަނައަތުން ފަތުގައި ހިފަން ގަދަކަމުން ވެސް މަސައްކަތްކުރާނެއެވެ. ގަދަކަމުން ވައަތް ކުރިމައްޗަށް ގެނައުމަށާއި ގަދަކަމުން ކަނައަތް ފުރަގަހަށް  ގެންގޮސް ކަނއަތުން ފަތުގައި ހިފަން މަސައްކަތްކުރާނެއެވެ. ނަމަވެސް އެ ފުރުޞަތެއް ނުލިބޭނެއެވެ. އެމީހަކު ކިތަންމެ ވަރަކަށް ގަދަ ދެއްކި ނަމަވެސް ވައަތް ފުރަގަހަށް ގެންދެވޭނެއެވެ. އެކަން ކުރާނީ ހަމަ އެމިހާގެ ހަށިގަނޑެވެ. ވައަތަށް ފަތް ލިބެން ޖެހޭ މީހުންނަށް ފަތުގައި ހިފަން ޖެހޭނީ ހަމަ ވައަތުންނެވެ.  

ފަތެވެ ކިޔުނު ނަމަވެސް އަމަލުތައް ލިވެފިފައިވާ ފޮތެވެ ކިޔުނު ނަމަވެސް އެއީ މިދުނިޔޭގައި މިގެންގުޅޭ ޒާތުގެ ފަތެއް ނުވަތަ ފޮތެއްވެސް ނޫނެވެ. އެކަމުގެ ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.  

މީސްތަކުންނޭވެ. އެމީހަކު މަރުވުމާއި ހަމައަށް އެމީހަކު ކުރާ ހުރިހާ އަމަލުތަކެއް އެމީހެއްގެ ފަތުގައި ލިޔުއްވަވާފައިވާނެއެވެ. ޒައްރެއްގެ މިންވަރުގެ ހެޔޮ އަމަލުތަކާއި ނުބައި އަމަލުތައްވެސް މެއެވެ. ނަމަވެސް ފަތުގައި ނުލިޔުއްވަވާނެ އެއް ކަމެއް އޮންނާނެއެވެ. އެއީ ހިފާ ރޯދައެވެ. ހިފާ ފަރުޟު ރޯދައާއި ސުންނަތް ރޯދައަށް ވެސް ޖަޒާ ދެއްވަވާނީ ޚާއްޞަ ގޮތެއްގައެވެ. އެކަން ﷲ ތަޢާލާ ވަނީ ބަޔާންކުރައްވަވައިފައެވެ. މިކަމުން އެނގެނީ ހިފާ ފަރުޟު ރޯދައަށްވެސް އަދި ސުންނަތް ރޯދައަށްވެސް ﷲ ތަޢާލާ ޖަޒާ ދެއްވަވާނެ މިންވަރު ފަތް ލިޔުއްވަވާ މަލާއިކަތްބޭކަލުންނަށް ވެސް އެނގިވަޑައިނުގަންނަވާނެ ކަމެވެ.  

ސުވާލަކީ މިފަދަ މަތިވެރި ޖަޒާ ދެއްވަވާ، ﷲ ތަޢަލާގެ ޙަޟްރަތުގައި އިތުރުކަން އެންމެ ބޮޑު އަމަލު ކުރެވެނީ ކިހައިވަރަކަށް ހެއްޔެވެ؟ ސުންނަތް ރޯދަތައް އެބަ ހިފަމު ހެއްޔެވެ؟ މީސްތަކުންނޭވެ! ކަންނެތް ނުވާށެވެ! ބަހަނާތައް ދައްކަން ނުހަދާށެވެ! ފަރުޟު ރޯދަތައް ވެސް ހިފާ ފަދައިން ސުންނަތް ރޯދަތައް ވެސް ހިފަން މަސައްކަތްކުރާށެވެ! މިއީ އަހަރެން ކުރާ އާދޭހެކެވެ!

- ބިލާލް އައްސަދުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް