އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދަށް ފަރުވާ ކުޑަކުރެވެނީ ނަމާދުކުރަން ޖެހޭ ސަބަބު ރަނގަޅަށް ނުއެނގޭތީ - އެނގޭނަމަ އެންމެ ނަމާދެއްވެސް ނާޅާނެ!

ނަމާދަށް ފަރުވާ ކުޑަކުރެވެނީ ނަމާދުކުރަން ޖެހޭ ސަބަބު ރަނގަޅަށް ނުއެނގޭތީ - އެނގޭނަމަ އެންމެ ނަމާދެއްވެސް ނާޅާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ނަމާދަށް ސަމާލުކަން ދޭ މީހުން ކޮންމެ ތަނެއްގައތި ތިބި ނަމަވެސް ނަމާދު ވަގުތު ޖެހުމުން ނަމާދުކުރާނެއެވެ. ތިބިތަނުގައި ނަމާދުކުރެވޭނެ ގޮތް ނެތް ނަމަ ނަމާދު ކުރެވޭނެ ތަނަކަށް ގޮސްގެންވެސް ނަމާދުކުރާނެއެވެ.  

އަހަރެމެން ކިޔަވަން އުޅުނު ދުވަސްވަރު ސައިކޮޓަރީގައި ތިއްބައިވެސް ބަނަގި ގޮވައެވެ. ބައެއް ޕްރޮފެސަރުން ކޮފީތަށި މޭޒުމަތީގައި ބަހައްޓަވާފައި އަވަސްވެވަޑައިގަންނަވަނީ ނަމާދު ކުރެއްވުމަށެވެ. ކޮފީތަށިކޮޅުގައި ބާކީ ހުންނަ ކޮފީފޮދު ވެސް ހިއްޕަވަނީ ނަމާދުކުރެއްވެވުމަށްފަހުގައެވެ.  

މިއީ މުސްލިމުން ނަމާދުކުރުމަށް ސަމާލުކަން ދޭން ޖެހޭ މިންވަރެވެ. ނަމަވެސް ސުވާލަކީ ނަމާދުކުރުމަށް މިފަދަ މިންވަރަކާއި ގާތަކަށްވެސް ސަމާލުކަން ދެވެނީ ކިތަށް މީހުންނަށް ހެއްޔެވެ؟ ދެން ބަލައިލަންވީ ނަމާދުކުރުމަށް ސަމާލުކަން ނުދެވޭ ސަބަބާއިމެދުގައެވެ. މިކަމުގައި ހޯދޭ މައުލޫމާތުން އެނގެނީ ނަމާދުކުރަން ސަމާލުކަން ނުދޭ ގިނަ މީހުން ސަމާލުކަން ނުދެނީ އެއީ ﷲ ތަޢާލާއަށްޓަކައި ކުރާ ކަމެއް ކަމަށް ޤަބޫލުކުރެވޭތީ ކަމެވެ.  

މީސްތަކުންނޭވެ! އެއީ ވަރަށް ނުބައި ވިސްނުމެކެވެ. ނަމާދުކުރަން ޖެހެނީ އަހަރެމެންނަށްޓަކައެވެ. ދުނިޔޭގެ އެއްވެސް މީހަކު އެންމެ ނަމާދެއް ނުކުރި ނަމަވެސް ﷲ ތަޢާލާގެ ޒާތުފުޅަށް އެކަމުގެ ސަބަބުން ލިބިވޮޑިގަންނަވާނެ އެއްވެސް އުނިކަމެއް ނެތެވެ. އަދި ދުނިޔޭގެ އެންމެން ނަމާދުކުރި ނަމަވެސް ލިބިވޮޑިގަންނަވާނެ އެއްވެސް މަންފާއެއް ވެސް ނުމެ ނެތްމެއެވެ. ﷲ ތަޢާލާއީ އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ބޭނުންފުޅުވެވޮޑިގެން ނުވާ ހުރިހާ ކަމަކުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.  

އެކަންކަން ޤަބޫލުކުރެވޭނަމަ ހަމަ އެންމެ ނަމާދެއްވެސް ހަމަ އެކަކުވެސް ނުކޮށް ދޫކޮށެއް ނުލާނެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް