އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ކުދި ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ހުރަސް އެޅޭ ގޮތަށް ޤާނޫނަށް އިޞްލާޙް ގެނައުމާ މެންބަރުން ދެކޮޅު!

ރާއްޖޭގެ ކުދި ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ހުރަސް އެޅޭ ގޮތަށް ޤާނޫނަށް އިޞްލާޙް ގެނައުމާ މެންބަރުން ދެކޮޅު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ރާއްޖޭގެ ކުދި ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ހުރަސް އެޅޭ ގޮތަށް ޤާނޫނަށް އިޞްލާޙް ގެނައުމަށް މަޖިލީހުގެ ގިނަ މެންބަރުން ދެކޮޅު ހަދައިފިއެވެ. ދެކޮޅު ހަދައި ކަންބޮޑުވުން ފައުޅުކުރި މެންބަރުންގެ ތެރޭގައި އެމްޑީޕީގެ މެންބަރުންވެސް ހިމެނެއެވެ. 

މެންބަރުން ފާހަގަ ކުރި ގޮތުގައި ސަރުކާރުން މިއަދު ހުށްހެލި އިޞްލާޙް ފާސްކޮށްފިނަމަ ފޮޓޯ ނެގުމާއި ރިޒޯޓުތަކުގައި މިޔުޒިކް ކުޅުންފްދް މިހާރު ދިވެހިންނަށް ނޫނީ ނުކުރެވޭނެ ކަންކަން ކުރަން ބޭރު މީހުންނަށް ފުރުޞަތު ފަހިވާނެއެވެ. އަދި ކުދި ފިހާރަތައް ހިންގުމާއި ސައި ހޮޓާ ހިންގުން ފަދަ ކަންކަމަށްވެސް މަގުފަހިވާނެއެވެ. 

މެންބަރުން ފާހަގަކުރި ގޮތުގައި އެކަންކަމަށް ނުބަލައި އިޞްލާޙް ފާސްކޮށްފިނަމަ މިހާރު ދިވެހި ޒުވާނުން ކުރަމުން އަންނަ ވަރަށް ގިނަ މަސައްކަތްތައް ކުރުމުގެ ފުރުޞަތު ދިވެހިންނަށް ގެއްލި ބޭރު މީހުން އެ މަސައްކަތްތައް ކުރަން ފަށާނެއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބޭރުޔ މީހުންގެ އަދަދު ވެސް އިތުރުވެގެންދާނެއެވެ. 

ބައެއް މެންބަރުން ފާހަގަކުރި ގޮތުގައި ދިވެހިން ކުރަމުން އަންނަ ވިޔަފާރިތައް ބޭރު މީހުންގެ އަތްމައްޗަށް ދާނެ ގޮތަށް މަޖިލީހުން އެއްވެސް ބިލެއް ފާސްކޮށްގެން ނުވާނެއެވެ. މަޖިލީހުގެ ދައުރަކަށް ވާން ޖެހޭނީ ވީހައި ގިނަ ވިޔަފާރިތައް ދިވެހިންގެ އަތްމައްޗަށް ގެނައުމެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް