އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހުގެ ކޮމިޓީތަކަށް މަޖިލިސް ރައީސް ފާޑުވިދާޅުވެއްޖެ!

މަޖިލީހުގެ ކޮމިޓީތަކަށް މަޖިލިސް ރައީސް ފާޑުވިދާޅުވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 59 ސިކުންތު

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އުފައްދާފައިވާ ކޮމިޓީތަކަށް އެމަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ދާދިފަހުން އުފައްދަވަން މަސައްކަތް ކުރެއްވި "ސުޕަ ކޮމިޓީ" އާއި ބެހޭގޮތުން ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކޮމިޓީގެ މަސައްކަތް ފެށްޓެވުނީ މަޖިލީހުގައި މިހާރު ހުރި ކޮމިޓީތަކުގެ ނިންމުންތަކާއި ގުޅޭގޮތުން ބައެއް ޝަކުވާތައް އަންނަން ފެށުމުން ކަމަށެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މުއައްސަސާތަކަށް މީހުން އައްޔަނުކުރުމަށް ކޮމިޓީތަކުން އިންޓަވިއުއަށް މާކްސް ދޭއިރު، އެމެމްބަރަކު އެތަނެއްގައި އިންނަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ އެތައް އިޖުރާއަތްތަކެއް ކޮމިޓީތަކުން ހިފަހައްޓަންޖެހޭކަން ވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ކޮމިޓީތަކުން އެކިބޭފުޅުންނަށް މާކްސް ދޭއިރުވެސް އަމަލު ކުރަންޖެހޭ ވަކި އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށާއި މަޖިލީހުގެ ނަޒާހަތްތެރިކަން ބެލެހެއްޓުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ޖަވާބުދާރީ ކުރަނިވި ދައުލަތެއް ހިންގޭނި މުސްތަގީލު މުއައްސަސާތައް މެދުވެރިކޮށްކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އަމިއްލަ ޕާޓީގެ ޕާލިމަންޓް ގްރޫޕްގެ ތާއީދު ނުލިބި އިސްލާހެއް ނުގެނެވޭނެކަން ވެސް ފާހަގަ ކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ސުޕަ ކޮމިޓީއެއް އުފެއްދި ނަމަވެސް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ކުރާ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

ނަމަވެސް ސުޕަ ކޮމިޓީ އުފެއްދުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ހެށުހެޅުއްވުމަށް އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ރުހުމެއް ނުލިބުނެވެ. ފަހު ވަގުތު ސުޕަ ކޮމިޓީން ނަޝީދުގެ ނަން އުނިކޮށްގެން ހުށަހެޅި ނަމަވެސް، އެކަމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީ މެންބަރުންގެ އަގުލަބިއްޔަތުން ނިންމާފައިވަނީ ސުޕަ ކޮމިޓީ ހަދަން ނުފެންނަ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ