އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންސާނިއްޔަތަށްޓަކައި ރެޑް ކްރެސެންޓުން ކުރާ މަސައްކަތަށް ދިރާގުން އެހީތެރިކަމުގެ އަތެއް!

އިންސާނިއްޔަތަށްޓަކައި ރެޑް ކްރެސެންޓުން ކުރާ މަސައްކަތަށް ދިރާގުން އެހީތެރިކަމުގެ އަތެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 29 ސިކުންތު

ދިވެހި ރާއްޖޭގައި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ އެންމެ ބޮޑު ޖަމާޢަތްކަމަށްވާ ދިވެހި ރެޑް ކްރެސެންޓުގެ  ކޯޕަރޭޓް މެމްބަރަޝިޕް އައު ކޮށް  އިންސާނިއްޔަތަށްޓަކައި އެޖަމާޢަތުން ދޭ ހިދުމަތްތަކުގައި މިއަހަރުވެސް އެހީތެރިވުމަށް ދިރާގުން ނިންމައިފިއެވެ.

 

މިއެއްބަސްވުމުގެ ރަސްމިއްޔާތު ވެގެން ދިޔައީ "ވޯލްޑް ހުމަނިޓޭރިއަން ޑޭ" އަދި ދިވެހި ރެޑް ކްރެސެންޓަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދެވުނު މުހިންމު އެއް ހަރަކާތަކަށެވެ.

 

ދިވެހި ރެޑް ކްރެސެންޓުގެ ސަބްސްކްރައިބިންގް މެމްބަރޝިޕަކީ ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި  ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާ އެހީތެރިކަން ދިނުމަށް ވިޔަފާރި ކުންފުނިތަކަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

 

މިފުރުސަތުގައި ދިރާގުން އިސްނަގައިގެން ވަނީ، ދިވެހި ރެޑް ކްރެސެންޓް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތުގައި ބައިވެރިވުމަށް ކޯޕަރޭޓް މެމްބަރ  އަކަށްވެ،  ދިވެހި ރެޑް ކްރެސެންޓަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

 

މިކަމަށްޓަކައި މިއަދު ދިރާގުގެ މައި އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލާ އައިޝަތު ނޫރާ ވިދާޅުވީ، ދިރާގަކީ ދިވެހި ރެޑް ކްރެސެންޓްގެ އެންމެ ފުރަތަމަ ކޯޕްރޭޓް މެމްބަރ ކަމަށާއި މިމެމްބަރޝިޕްގެ ސަބަބުން، ރެޑް ކްރެސެންޓުން ރާއްޖޭގެ އެކި ކަންކޮޅުގައި ދަރުމަވެރިން ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާ ކަމަށެވެ.

 

މިރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އިސްމާއިލް ރަޝީދު، ދިވެހި ރެޑް ކްރެސެންޓްގެ ޓީމަށާއި ހުރިހާ ވޮލަންޓިޔަރުން ކުރައްވަވާ މުހިންމު މަސައްކަތުގެ އަގު ވަޒަންކޮށް ރެޑް ކްރެސެންޓް ދުވަހުގެ ތަހުނިޔާ އަރިސް ކުރެއްވަމުން ވިދާޅުވީ، ދިވެހި ރެޑް ކްރެސެންޓުން ކުރައްވާ އަގުހުރި މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.

 

ދިރާގުން ރެޑް ކްރެސެންޓުގެ ސަބްސްކްރައިބިންގް މެމްބަރެއްގެ ގޮތުގައި ބައިވެރިވުމަކީ ރާއްޖޭގެ އަތޮޅުތަކުގައި ދެމެހެއްޓެނިވިގޮތެއްގައި މުޖުތަމަޢުގައި ހިންގާ ހަރަކާތްތައް ހިންގުމަށް ދެ ފަރާތުން ގުޅިގެން ދިގުމުއްދަތެއްގައި މަސައްކަތްކުރުމަށް އެޅޭ ވަރަށް މުހިއްމު ބިންގަލެކެވެ. މި އެހީ ވެގެންދާނީ ކުއްލި ހާލަތްތަކުގައި އާއި ކާރިސާތަކުގައި ދިވެހި ރެޑް ކްރެސެންޓުން އިޖާބަދިނުމަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް މުހިންމު އެހީ އަކަށެވެ.

 

މިމަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖްތިމާޢީ ދުޅަހެޔޮކަމުގެ އެހީއާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެއެވެ. މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކުރުވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓުގެ ގޮފިތައް މިރޮނގުތަކުން ތަރައްޤީކުރުމަށް ވެސް ލިބޭ ވަރަށް ބޮޑު އެހީއަކަށް ވާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ