އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ނުދެއްވާނެ ކަމަށް ލުތުފީ ވިދާޅުވެއްޖެ!

ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ނުދެއްވާނެ ކަމަށް ލުތުފީ ވިދާޅުވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 57 ސިކުންތު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ މައްސަލާގައި، އެމަނިކުފާނާއި ދެކޮޅަށް ހެކިބަސް ނުދެއްވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެއެވެ.

 

މިކަން އިއުލާން ކުރައްވަމުން ފޭސްބުކް ޕޯސްޓެއްގައި ލުތުފީ ވިދާޅުވީ، އެއްވެސް ފަރާތަކާއި ދެކޮޅަށް ދޮގުހެކިބަސް ނުދެއްވާނެކަމަށާއި އަދުލުރުވެރި ހެކިބަހެއް އަދާކުރުމުގެ ފުރުސަތު ނެތްކަމަށެވެ. އަދުލުވެރި ހެކިބަހެއް އަދާކުރެވޭނެ މާހައުލެއް ގާއިމުވެފައިނުވާކަމަށް ވެސް ލުތުފީ ވިދާޅުވިއެވެ.

 

އެންމެ ފަހުން އޮތް ރައީސް ޔާމީންގެ ޝަރީއަތުގައި، އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ރަޝީދު ދިން ހެކިބަސް ވެސް ލުތުފީ ވަނީ ދޮގުކުރައްވައިފައެވެ.

 

ލުތުފީ ވިދާޅުވީ މުއައްވިޒްއާ އެއްކޮށް ވެސް އަދި ވަކިންވެސް ރައީސް ޔާމީނާއި ބައްދަލުކޮށްފައިނުވާނެކަމަށެވެ. އަދި އެފައިސާއަކީ ދައުލަތުގެ ފައިސާކަމަށް ކަނޑައަޅާ، ދައުލަތަށް އަނބުރާ ފައިސާ ދެއްކުމަށް ފޯނުގެ ޒަރީއާއިން ވެސް ރައީސް ޔާމީންގެ ކިބައިން އެދިފައިނުވާނެކަމަށް ލުތުފީ ވިދާޅުވިއެވެ.

 

ލުތުފީ މިހެން ވިދާޅުވެފައިވީ ނަމަވެސް، ރައީސް ޔާމީން ސަރުކާރުގައި އެމަނިކުފާނަށް ލިބިލެއްވި ފްލެޓް، ސަރުކާރުން އަނބުރާ ނެގުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ