އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލުފުށި ޓާފް ދަނޑުގެ ބިން ފަސްދޮޅަސް ދުވަހުގެ ތެރޭގައި އެއްވަރުކުރުމަށް އެމްޓީސީސީއަށް

ލުފުށި ޓާފް ދަނޑުގެ ބިން ފަސްދޮޅަސް ދުވަހުގެ ތެރޭގައި އެއްވަރުކުރުމަށް އެމްޓީސީސީއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ވިލުފުށި ޓާފް ދަނޑުގެ ބިން ފަސްދޮޅަސް ދުވަހުގެ ތެރޭގައި އެއްވަރުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޔޫތް މިނިސްޓްރީގައި މއިަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިނިސްޓްރީގެ ފަރާތުން އަޙްމަދު މަޚްލޫފް ސޮއި ކުރެއްވި އިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ.

ވިލުފުށީ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން އަފީފުވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި މަކްލޫފު ވިދާޅުވީ ވިލުފުށީގައި އަޅާ ޓަރފް ދަނޑު ވެގެންދާނީ ފެންވަރު ރަނގަޅު ދަނޑަކަށް ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ މާއަވަހަށް މަސައްކަތް ނިންމާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް