އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއާޕޯޓްގަ މިރޭ ފަރިތަކުރުންތައް ކުރިއަށް ގެންދިއައީ އަސްލު ހާދިސާއެއް ހިނގުމާ ވަރަށް އެއްގޮތަށް!

އެއާޕޯޓްގަ މިރޭ ފަރިތަކުރުންތައް ކުރިއަށް ގެންދިއައީ އަސްލު ހާދިސާއެއް ހިނގުމާ ވަރަށް އެއްގޮތަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ސަލާމަތީ ބާރުތައް ގުޅިގެން މިރޭ އެއާޕޯޓުގައި ކުރިއަށް ގެންދިއަ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ އަސްލު ހާދިސާއެއް ހިނގައިގެން އަމަލުކުރާނެ ގޮތާއި ވަރަށް އެއް ގޮތަށެވެ. 

އެއާޕޯޓުގައި އެއިރު ހުރި، މަންޒަރު ފެނުނު މީހަކު ބުނީ ކަންކަން ކުރިއަށް ގެންދިއަ ފުރިހަމަކަމުން އެންމެ ކައިރީގައި ބަލަން ތިބި މީހުންނަށްވެސް ވީނުވީއެއް ނުއެނގުނު ކަމަށެވެ. "ބޮމެއް ފެނިއްޖެ ފަދަ ޚަބަރުތައް ފެތުރިގެން ދިއައީ އެހެންވެގެން. ތަމްރީނު ހިންގި ފުރިހަމަކަމުން ހަމަ ޔަޤީންކުރެވުނީ އެފަދަ ކަމެއް ހިނގައިގެން އުޅެނީ ކަމަށް." 

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ މައި ދޮރާށިކަމަށްވުމުން އެއާޕޯޓުގެ ސެކިޔުރިޓީގެ ކަންކަން ބަލަހައްޓަން އަބަދުވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. ސްރީލަންކާގައި ދާދިފަހުން ދިން ޓެރަރިސްޓް ޙަމަލާތަކަށްފަހު އެއާޕޯޓުގެ ސެކިޔުރިޓީ ބެލެހެއްޓުން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް