އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމުގެ މައިދާނުން ކުޑަމިންވަރެއް! ހިތަށް ބިރުވެރިކަން ވަދޭތޯ ބަލާބަލަ!: ބިލާލް އައްސަދު

ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމުގެ މައިދާނުން ކުޑަމިންވަރެއް! ހިތަށް ބިރުވެރިކަން ވަދޭތޯ ބަލާބަލަ!: ބިލާލް އައްސަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

ޤިޔާމަތް ދުވަހު ކަނާތަށް ފަތް ލިބޭ މީހުންގެ އަމަލުތައް ހިސާބު ބެއްލެވޭނީ އުފާވެރި ގޮތަކަށެވެ. ހިސާބު ބެއްލެވުމުގެ ވަގުތު އެމީހާގެ އަމަލުތައް އެމީހާގެ ކުރިމަތީގައި ބެހެއްޓެވޭނެތެވެ. ބެހެއްޓެވުމާއިއެކު އެމީހުންނަށް ޞިރާޠުމަގު ހުރަސް ކުރުމުގެ ފުރުޞަތު ދެއްވަވާނެތެވެ. އުފާވެރިކަން ލިބޭނެ ބައަކީ އެއީއެވެ. އެމީހުން އަމަލުތައް ފެނުމާއިއެކު އެމީހުންނަށް އުފާވެރިކަން ލިބިގެންދާނެތެވެ. 

ވައަތަށް ފަތް ލިބޭ މީހުންގެ އަމަލުތައް އެމީހާގެ ކުރިމަތީގައި ބެހެއްޓެވުމާއިއެކު އެމީހާ އެ އަމަލުތަކަށް އިންކާރުކުރަން ފަށާނެއެވެ. އެމީހުންގެ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެއެވެ. އެމީހާ އިންކާރުކުރާ ވަރަކަށް އަމަލުތައް ދާނީ ޖަވާބުދެމުންނެވެ. އެފަދަ މީހުން ވާނީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. 

މީސްތަކުންނޭވެ! ހިސާބު ބެއްލެވުމުގެ މައިދާނުގައި ﷲ ވޮޑިގެންވީ ނަމަވެސް ނަރަކައަށް ދާން ޖެހޭ އެއްވެސް މީހަކަށް ﷲ ތަޢާލާއެއް ނުފެންނާނެއެވެ. އެމީހުން ރޮއި އާދޭސް ދަންނަވަމުން ގެންދެވި ނަމަވެސް އެ އިން އެއްވެސް އަޑެއް ﷲ ތަޢާލާ އައްސަވައިވޮޑިއެއް ނުގަންނަވާނެތެވެ. އެމީހުންނަށް އެއްވެސް ޖަވާބެއް ވެސް ނުދެއްވަވާނެތެވެ.

ހިސާބު ބެއްލެވޭނީ ކޮންމެ މީހަކުވެސް ވަކިވަކިންނެވެ. އެމީހެއްގެ ފުރުޞަތު ޖެހުމުން މިވެނި މީހެއްގެ ދަރި މިވެނި މީހަކަށް މަލާއިކަތުން ގޮވައިލައްވަވާނެތެވެ. އެހިނދު ނަރަކަވަންތަވެރިން ގަންނަ ބިރު ބޮޑުކަމުން އެމީހުންގެ ކުލަ ބަދަލުވެގެންދާނެތެވެ. އެމީހުންގެ ކުލަބަދަލުވެގެންދާތަން ފެނިވަޑައިގަތުމުން މަލާއިކަތުންނަށް އެއީ ނަރަކަވަންތަވެރިއެއްކަން އެނގިވަޑައިގަންނަވާނެތެވެ. 

ނަރަކަވަންތަވެރިން ފާހަގަކުރެވުމާއިއެކު 50 މަލާއިކަތުން އެމީހާ ވަށައިލައްވަވާނެތެވެ. އަދި އެހިސާބުން ފެށިގެން އެމީހަކަށް ޢަޛާބު ދެއްވަވަން ފަށްޓަވާނެތެވެ. އެމީހަކު ކުރި ފާފައިގެ ދަރަޖައިންނެވެ. އެމީހެއްގެ ހަށިގަނޑު ވައްކޮށްލެއްވިގެންދާނެއެވެ. ނަރަކައަށް ގެންދެވޭނީ އުކައިލެވެމުންނެވެ. 

މީސްތަކުންނޭވެ! ޢިބްރަތް ހާޞިލުކުރާށެވެ! އާޚިރަތް ދުވަހުގެ ހިސާބު ބެއްލެވޭ ވަގުތަށް ބިރުވެތިވާށެވެ! އެމީހެއްގެ ސަލާމަތްކަން ހޯދުން އޮތީ ހަމަ އެމީހަކަށެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު