އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީންގެ ޝަރީޢަތް: އަޅުގަނޑު މިވާހަކަ މިދައްކަނީ ދޮގެއް ހަދައިގެންނެއް ނޫން، އަދި ވަކި މީހަކާ ޒާތީ ވެގެެނެއްވެސް ނޫން- އަދީބު

ރައީސް ޔާމީންގެ ޝަރީޢަތް: އަޅުގަނޑު މިވާހަކަ މިދައްކަނީ ދޮގެއް ހަދައިގެންނެއް ނޫން، އަދި ވަކި މީހަކާ ޒާތީ ވެގެެނެއްވެސް ނޫން- އަދީބު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 38 ސިކުންތު

11:41: އަޅުގަނޑު މިވާހަކަތައް މިދައްކަނީ ދޮގެއް ހަދައިގެނެއް ނޫން، އަދި ވަކި މީހަކާއި ޒާތީ ވެގެނެއްވެސް ނޫން: އަދީބު

 

11:42: ފައިސާ ހޯދަނީ އިންތިހާބު ގާތްވުމުން ހެޔޮ އެދޭ ފަރާތްތަކުގެ އަތުން ކަމަށް، މީހެއްގެ އަތުން އެންމެ ގިނަވެގެން ވެސް ލިބެނީ ލައްކައެއް ދެލައްކެއެއްހާ ރުފިޔާ ކަމަށް އަދީބު ވިދާޅުވި

 

11:44: ފިނިފެންމާ ލޯންޗުގެ ހާދިސާ ހިނގި 2015 ވަނަ އަހަރު އިންތިހާބެއް ނެތުމުން ކެމްޕޭނު ފައިސާގެ ކަމެއް ނޯންނާނެ ކަމަށް އަދީބު ވިދާޅުވި. 2015 ގައި ކެމްޕޭނު ފައިސާގެ އެއްވެސް ކަމެއް ނުހިނގާ، އެކަމާ ގުޅޭ ކަމެއްގައި ރައީސް ޔާމީނާ މުއާމަލާތްކޮށްފައެއް ނުވާނެ ކަމަށް ވެސް އަދީބު ވިދާޅުވި

 

11:46: އެމްއެމްޕީއާރްސީން ލިބުނު ފައިސާގެ ކަންތައްތަކުގައި 2014، 2015 އަދި ލޯންޗު ކަންތައް ހިނގި ފަހުން ވެސް ވަރަށް ގިނައިން ޔާމީން ގުޅުއްވި، އެ ފައިސާ އަމިއްލަ ކުންފުނިތަކަށް ޖަމާކޮށް، މާރުކޮށްގެން އެކި ކަންކަމުގައި ވެސް ގުޅުއްވާ ކަމަށް އަދީބު ވިދާޅުވި

 

11:48: ފިނިފެންމާ ލޯންޗު ހާދިސާގެ ފަހުން ގުޅުއްވީ ފަޅަކާއި، ބޮޑުމުލާ ކިޔާ ރަށެއްގެ މައްސަލާގައި ކަމަށް އަދީބު ވިދާޅުވި.

 

11:49: ސުވާލު ކުރާއިރު، ތަހުގީގުގައި ކުރެވިފައިވާ ސުވާލާއި، ބަޔާނުގައިވާ ކަންކަމާ ގުޅިގެން އެކަނި ސުވާލު ކުރުމަށް ޣާޒީ ހައިލަމް އެދިވަޑައިގަންނަވަމުން ދައުލަތުގެ ވަކީލުން އަދީބާއި ކުރައްވަން އުޅުއްވި ބައެއް ސުވާލުތައް ކުރެއްވުމުގެ ފުރުސަތު ޣާޒީ ނުދެއްވި

 

11:50: ދައުލަތުން ވިދާޅުވީ އެ ސުވާލުތަކަކީ ގުޅޭ ސުވާލުތަކެއް ކަމަށް، ގާޒީ ހައިލަމް ވިދާޅުވީ ތަހުގީގުގެ ބަޔާނުގައި ހުރި ކަންކަމާ ގުޅޭ ގޮތުން އެކަނި ކަމަށް

 

11:51: އެމްއެމްޕީއާރްސީގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގައި އެންމެ އިސްކޮށް އުޅުއްވަނީ ރައީސް ޔާމީން: އަދީބު

 

11:56: ދިފާއީ ވަކީލުން އަދީބާ ސުވާލު ކުރައްވަނީ

 

11:57: ޕީޕީއެމަށް ފަންޑް ރެއިޒް ކުރުމުގެ ތެރެއިން ލިބުނު ފައިސާ ޖަމާކުރަނީ ޕާޓީގެ ނަމުގައި ހުޅުވާފައި އޮންނަ އެކައުންޓުގައި ކަމަށާއި ބައެއް ފަހަރު ކެންޑިޑޭޓުގެ އަތުގައި ވެސް ހުންނާނެ ކަމަށް އަދީބު ވިދާޅުވި

 

11:59: ފަންޑް ރެއިޒް ކުރުމުގައި މިނިސްޓަރުންނާއި، މެމްބަރުންނާއި ރައީސް ޔާމީނާއެކު ވެސް ފަންޑް ރެއިޒް ކުރުމުގެ ކަންކަމުގައި އުޅެފައި ވާނެ، އެކަމަކު ނައިބު ރައީސަށް ވުމަށް ފަހު އިންތިހާބެއް ނެތުމުން އެކަމުގައި ނޫޅޭ ކަމަށް އަދީބު ވިދާޅުވި

 

12:00: ފިނިފެންމާ ހާދިސާއަށް ފަހު ވެސް ރައީސް ޔާމީނާ ގާތް ގުޅުމެއް އޮތް، އަދި އެމްއެމްޕީއާރްސީގެ ކަންކަންމުގައި ގުޅުއްވާ ކަމަށް އަދީބު ފާހަގަކުރައްވާ އަދީބު ވިދާޅުވީ ރައީސް ޔާމީން އެމަނިކުފާނު ހޮސްޕިޓަލަށްވެސް ގެންގޮސްދެއްވި ކަމަށް

 

12:01: ފުލުހުންނާއެކު 19 ސެޝަނެއް ބޭއްވުނު ކަމަށް ސުވާލު ކުރުމުން އަދީބު ވިދާޅުވި ސަރުކާރަށް އެއްބާރުލުންދެމުންދާ ކަމަށް

 

12:02: ހެކިބަސް ދިނުމުގައި ނުފޫޒެއް ނެތް ކަމަށް އަދީބު ވިދާޅުވެއްޖެ، އިތުރު ހުކުމްތަކެއް އަޔަސް މައްސަލައެއް ނެތް ކަމަށް، ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަންކަން ހުރީމަ ކަމަށް

 

12:03: ޓަގްބޯޓުގައި ފިލަން އުޅުނުއިރު، އަދީބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެފައިވާ ކަމަށް ދިފާއީ ވަކީލުން ވިދާޅުވި. އަދީބު ވިދާޅުވީ އޭނާގެ ބައިނަލްއަގްވާމީ ވަކީލުން އެގޮތަށް ބަޔާން ނެރުނީ އޭނާއާ ކޮންސަލްޓް ކުރުމަށް ފަހުގައި ނޫން ކަމަށް. މިހާރު އެކަން ހުއްޓވާފައިވާ ކަމަށް.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ