އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހެކި ބަސް ދޭތީ ކާނާއަށް ވިހަލާނެ ކަމާ ޖަލުގަ މަރާލާނެ ކަމުގެ އިންޒާރު އަންނަނީ ލިބެމުން: އަދީބް

ހެކި ބަސް ދޭތީ ކާނާއަށް ވިހަލާނެ ކަމާ ޖަލުގަ މަރާލާނެ ކަމުގެ އިންޒާރު އަންނަނީ ލިބެމުން: އަދީބް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

އެމްއެމްޕީއާރުސީގެ ފައިސާއިން ރައީސް ޔާމީންގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރި މައްސލައަިގައި ރައީސް ޔާމީނާއި ދެކޮޅަށް ކޯޓުގައި މިއަދު ހެކި ބަސް ދޭތީ ޖަލުގައި މަރައިލާނެ ކަމަށާއި ކާ ތަކެއްޗަށް ވިހަލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް އަދީބް ކޯޓުގައި ބުނެފިއެވެ.

 

މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި އަދިބް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި އެކަހެރިކޮށް އަނދިރި ގޮޅިއެއްގައި ބަންދުކޮށްފައި ބޭއްވުމުން ނަފްސާނީ ގޮތުންނާއި އެހެން ވެސް ގޮތް ގޮތުން އަނިޔާތައް ލިބުނު ކަމަށާއި އެ އަނިޔާ ކުރި އެންމެންނަށް މާފުކުރައްވާފައިވާނެ ކަމަށެވެ.

 

އަދީބް މިއަދު ވިދާޅުވީ ރާއްޖެއިން ފިއްލެވީ ވަކިގޮތަކަށް ހެކިބަސް ދެއްވަން ސަރުކާރުން މަޖުބޫރުކުރާތީ ކަމަށްބުނެ އަދިގެ ވަކީލުން ނެރުނު ބަޔާންތައް ނެރެފައިވަނީ އަދިބާއި މަޝްވަރާ ނުކޮށް ކަމަށެވެ. އަދި ރާއްޖެ ވަޑައި ގަނެވުމާއި އެކު އެފަދަ ބަޔާންތައް ނެރުން ހުއްޓުވާފައިވާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް