އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދީބު ރައީސް ޔާމީނަށް!: ތިއަ ހައްދަވަނީ އެމްއެމްޕީއާރުސީއަށް ލިބޭ ފައިސާއަކީ ޕީޕީއެމްގެ ކެންޕޭނު ފައިސާއަށް!

އަދީބު ރައީސް ޔާމީނަށް!: ތިއަ ހައްދަވަނީ އެމްއެމްޕީއާރުސީއަށް ލިބޭ ފައިސާއަކީ ޕީޕީއެމްގެ ކެންޕޭނު ފައިސާއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

--ރައީސް ޔާމީނަށް ސަޕޯޓަރުން ލާރި ދިނީ ކެންޕޭނަށް! ކެންޕޭނު ނިމޭއިރު އޮންނަނީ ދަރަނިވެރިވެފަ!: އަދީބް

ޕީޕީއެމްއަށް ޚަރަދުކުރަން ނުވަތަ ރައީސް ޔާމީނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރަން ލިބޭ ފައިސާ ކަމަށް ރައީސް ޔާމީނު ސިފަކުރައްވަނީ ރާއްޖޭގެ ރަށްތަކާއި ކަނޑުތަކާއި ފަޅުތައް ވިއްކައިގެން ނާއި ކުއްޔަށްދީގެން އެމްއެމްޕީއާރުސީއަށް ލިބޭ ފައިސާ ކަމަށް އަހްމަދު އަދީބް ސިފަކުރައްވައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިއަ ޝަރީޢަތުގެ މަޖިލީހުގައި އަދީބް ވިދާޅުވީ ޕީޕީއެމްގެ ސަޕޯޓަރުންވެސް ޕާޓީއަށް ފައިސާ ދެމުން އައީ އިންތިޚާބުތައް ކުރިމަތިވުމުން ކަމަށާއި އިންތިޚާބުތައް ނިމޭއިރު ޕާޓީ އޮންނަނީ ދަރަނިވެރިވެފައިކަން ޕީޕީއެމް އައި އެހެން ސިޔާސީ ތަކުގެ ހިސާބުތަކުން ވެސް އެނގޭނެ ކަމަށެވެ.

"ސަޕޯޓަރުން ޕާޓީއަށް ލާރިދެނީ މިލިއަން މިލިއަނަކުން، 1، 2 ލައްކަވަރު ދެނީ. އިންތިޚާބު ނިމޭއިރު ފައިސާ ހުސްވެ ޕާޓީ އޮންނަނީ ދަރަނިވެރިވެފަ. މިހާރުވެސް ޕީޕީއެމް އޮތީ ދަރާ. ކާކުތީ މިލިއަން މިލިއަން ޑޮލަރު ސިޔާސީ ޕާޓީއެއްގެ ކެންޕޭނަށް ދެނީ؟"

މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި އަދީބް ތަކުރާރުކުރައްވައި ވިދާޅުވީ ރައީސް ޔާމީން އަދީބް އާއި ގުޅުއްވަމުން ގެންދެވީ ޕާޓީއަށް ލިބޭ ފައިސާ ހޯއްދަވަން ނޫން ކަމަށާއި އެމްއެމްޕީއާރުސީއަށް ލިބޭ ފައިސާ ހޯއްދަވަން ކަމަށެވެ. އަދި އެސްއޯއެފުން ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް