އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެންބަރުންގެ ކޮއްތު ކަނޑާލަން ޢަބްދުﷲ ރިޔާޟް ތާއީދު ކުރައްވައިފި

މެންބަރުންގެ ކޮއްތު ކަނޑާލަން ޢަބްދުﷲ ރިޔާޟް ތާއީދު ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން މަޖިލީހުގައި ދެމުން އަންނަ ކޮއްތު ކަނޑާލަން ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ތާއީދު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލިސް އޮންނަ ކޮންމެ ދުވަހަކު ހުރިހާ ވަގުތެއްގައި މެންބަރުންނަށް އަގުބޮޑު ކޮއްތު ލިބެމުންދާއިރު ބޭނުންވަރަކަށް ކޮފީ ވެސް ލިބެމުންދާކަން ފާހަގަކޮށް ރައްޔިތުންގެ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

ރައްޔިތުންގެ މަޖލީހުގެ ޖަލްސާތައް ތިން މަހުން 6 މަހުން ބޭއްވި ދުވަސްވަރު، މެންބަރުންގެ މުސާރައަށް 200 ރުފިޔާ ހަމަނުވާ ދުވަސްވަރު މެންބަރުންނަށް މަޖލިސް ޚަރަދުގައި ސައި ދީފައިވުމަކީ މަހަކު ލައްކައަކާއި ކައިރިކުރާ އަދަދަކަށް މުސާރަ އާއި އިނާޔަތް ދެމުން ސައިދީ ކާންދީ އެންމެ އަގުބޮޑު ކޮފީ ދީ ހަދަން ޖެހެންވީ ސަބަބެއް ނޫން ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އޮނަރަބަލް އިބްރާހީމް ޝިހާބު މަޖިލިސް މެންބަރުންނާއިއެކު ސައިފޮދު ހިއްޕަވާ ފޮޓޯ ފެންނަން އެބަހުރިކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް