އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް މައުމޫންގެ އެމްއާރްއެމް އުފައްދަން ބޭނުންވާ އަދަދު ހަމަކޮށް، ފޯމުތައް ހުށަހަޅައިފި!

ރައީސް މައުމޫންގެ އެމްއާރްއެމް އުފައްދަން ބޭނުންވާ އަދަދު ހަމަކޮށް، ފޯމުތައް ހުށަހަޅައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިސް ނަންގަވައިގެން އުފައްދަވާ ސިޔާސީ ޕާޓީ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އުފެއްދުމަށް ބޭނުންވާ އަދަދު ހަމަކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމުތައް ހުށަހަޅައިފިއެވެ. 

އެމްއާރްއެމް އުފެއްދުމަށް އީސީ އަށް މިއަދު ފޯމު ހުށަހެޅުއްވީ ހެރިޓޭޖް މިނިސްޓަރ އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން އެވެ. އެޕާޓީ އުފައްދަން ޖުމްލަ 3313 ފަރާތެއްގެ ސޮއި ލިބިފައިވެއެވެ. 

އެޕާޓީ އުފެއްދުމަށް އެންމެ ފުރަތަމަ އީސީން ހުއްދަ ދޫކުރީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން އިބްރާހިމް ޙަސަނަށެވެ. ނަމަވެސް އެމަނިކުފާނަށް ދެއްވި ހުއްދަ ބާތިލުކޮށް ފަހުން އެހުއްދަ ދެއްވާފައިވަނީ ޔުމްނާ މައުމޫނަށެވެ.

އަލަށް އުފެދޭ ސިޔާސީ ޕާޓީ އެމްއާރްއެމް އުފެއްދުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ރައީސް މައުމޫން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ