އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވައްކަންކޮށްދިން އިރު 500% އިތުބާރު ކުރެއްވި! އަނހަ! ވައްކަން ކުރެއްވީތޯ؟ މިދަންނަވަނީ މަނިކުފާނާއި އަޅުގަނޑު ބައިވެރިވި ކަމުގެ ވާހަކަ!

ވައްކަންކޮށްދިން އިރު 500% އިތުބާރު ކުރެއްވި! އަނހަ! ވައްކަން ކުރެއްވީތޯ؟ މިދަންނަވަނީ މަނިކުފާނާއި އަޅުގަނޑު ބައިވެރިވި ކަމުގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު ކުރިއަށް ގެންދިއަ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސްދޭން އަޙްމަދު އަދީބު ޙާޒިރުކުރުމުން ރައީސް ޔާމީނާއި އަދީބުގެ މެދުގަ ދެކެވުނު ވާހަކަތައް ވަރަށް ފޯރިގަދައެވެ. 

ޚުލާޞާކޮށްލުމުން މައިގަނޑު ޕޮއިންޓެއް ކަމަށް ފާހަގަކުރެވުނީ "ތިއަ ވިދާޅުވަނީ ވައްކަން ކުރެއްވިން ކަމަށްތޯ؟" ސުވާލު ކުރެވުނު ކަމާއި ޖަވާބުގައި "މިބުނަނީ މަނިކުފާނާއި އަޅުގަނޑު ބައިވެރިވި ކަމުގެ ވާހަކަ! ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކައިގެންނާއި ކުއްޔަށް ދީގެން ލިބުނު ފައިސާ މަނިކުފާނުގެ އަމުރުފުޅަށް މަނިކުފާނާ ޙަވާލުކުރި ކަމުގެ ވާހަކަ. އެސްއޯއެފް ކުންފުނީގެ ވެރިންވެސް އެކަންކުރި ވާހަކަ. އެއިރު 500% އަޅުގަނޑަށް އިތުބާރުކުރައްވާ ކަމަށް ވިދާޅުވި" ކަމަށް އަޑުއިވިގެން އައެވެ. އެއިގެ ޖަވާބުގައި "ނޫން ކޮންމެ ކަމެއް އަޅުގަނޑު ބޮލަށް ކަނޑައިނުލާ! އަޅުގަނޑަށް ހަމަ އެއްވެސް ކަމެއް ނޭނގެ. އެމީހުންނަކާ އަޅުގަނޑު ބައްދަލެއްވެސް ނުކުރަން." ކަމަށްވެސް އަޑުއިވިގެން އައެވެ. 

އަދީބްގެ ވާހަކަ ވަރަށް ސާފެވެ. އަދީބު ބުނަމުން ގެންދިއައީ ޕީޕީއެމްއަށް ސަޕޯޓަރުން ދޭ ލާރިކޮޅު އިންތިޚާބު ނިމޭއިރު އޮންނަނީ ހުސްވެ ޕާޓީ ދަރަނިވެރިވެފައި ކަމަށެވެ. އެހެންކަމުން ޕާޓީގެ ފައިސާގެ ކަންކަން ބެލެހެއްޓި ނައިބް ލީޑަރުގެ ހައިސިއްޔަތުން އެއިރު ސަޕޯޓަރުން ދިން ފައިސާ އާއި ޙަވާލުވި ނަމަވެސް އެފައިސާކޮޅު އޮންނަނީ ހުސްވެފައި ކަމަށާއި ވީމާ ޕާޓީއަށް ސަޕޯޓަރުން ދިން ލާރި ހޯދަން ގުޅަން ނުޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީން ތަކުރާރު ކުރައްވައި ގުޅުއްވަމުން ގެންދެވީ އެމްއެމްޕީއާރުސީއަށް ލިބެމުން އައި ފައިސާ ހޯއްދަވަން ކަމަށެވެ. 

އަދީބް ވިދާޅުވީ މި ވާހަކަތައް ދެއްކެވުން ކުށްވެރިވެ އިތުރު ޙުކުމްތައް އިއްވާނެކަން އެނގިވަޑައި ގަންނަވާކަމަށެވެ.

ރާއްޖޭގައި ޕާޓީ ނިޒާމުން ވެރިކަން ކުރަން ފެށީންސުރެ އަމިއްލަ ގުޅި އާއި ޕާޓީ ގުޅި އާއި ސަރުކާރުގެ ގުޅި ވަކިކުރަން އެނގުމުގައި ވަރަށް ބޮޑެތި މައްސަލަތައް އެބަހުރިކަން ދަނީ ފާހަގަކުރެވެމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު